ރިޔާސީ އިންތިޚާބު 2023
11 Aug 2023
" މި ސަރުކާރުން ދިން ފުލެޓްތައް އަތުނުލާނަން"
ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ތާ އަބަދަށް ހައްލު ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
11 Aug 2023
"8 ކެންޑިޑޭޓުންގެ ތެރެއިން ޑރ މުއިއްޒުހާ ކޮލެޓީ މީހަކު ނުފެނޭ"
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އޭގެ ތެރޭގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުހާ ކޮލެޓީ ބޭފުޅަކު ފެނިވަޑައިނުގަންނަވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
11 Aug 2023
ޑރ. ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންފި!
ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރ، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕީޕީއެމްއިން ވަކިވެވަޑައިގެންފި އެވެ.
10 Aug 2023
ވަޒީފާއެއް ނެތް ރައްޔިތަކު ނެތް މިންވަރަށް ވަޒީފާތައް ގާއިމްކޮށްދޭނަން
އެބޭފުޅާގެ ވެރިކަމެއްގައި ރައީސް ޔާމީނު ދަސްކޮށްދެއްވި ފިލާވަޅުގެ ދަށުން ވަޒީފާނެތް ރައްޔިތަކު ނެތް މިންވަރަށް، ޒުވާނުންނާއި އެކި އުމުރުގެ ރައްޔިތުންނަށް ވަޒީފާ ފޯރުކޮށްދޭނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއެވެ.
10 Aug 2023
ދަރިންނަށް ތަޢުލީމުދޭން ޢިލްމު ހުރި ވެރިއަކު ޢައްޔަން ކުރަންޖެހޭ!
ރާއްޖޭގެ ދަރިންނަށް ތައުލީމު ދޭން ބޭނުންނަމަ، ޢިލްމު ހުރި ޢިލްމުވެރި ވެރިއަކު ރާއްޖޭގެ ވެރިކަމަށް އައްޔަނު ކުރަން ޖެހޭ ކަމުގައި ޕީއެންސީގެ ނައިބް ރައީސް، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
10 Aug 2023
ޕީޕީއެމްގެ "ދިވެހީންގެ ޖަގަހަ" އަލިމަސް ކާނިވަލުގައި ހުޅުވައިފި
ރިޔާސި އިންތިޚާބުގެ ކެމްޕެއިން ޕީޕީއެމް/ޕީއެންސީން ފަށައި އެ ކޯލިޝަންގެ ކެމްޕެއިން ފުރަތަމަ ޖަގަހަ، ޕީޕީއެމްގެ "ދިވެހީންގެ ޖަގަހަ" އަލިމަސް ކާނިވަލުގައި މިރޭ ހުޅުވައިފިއެވެ.
10 Aug 2023
މުޢިއްޒުގެ ދޮރުން ދޮރަށް ހަރަކާތަށް ހިޔާ ސަރަހައްދުން ހޫނު ތަރުޙީބެއް!
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ މުއިއްޒުގެ ރިޔާސީ ކެމްޕެއިންގެ ފުރަތަމަ ހަރަކާތް މިއަދު ފަށައި، ކެމްޕެއިން ފެށުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ދެތަކަށް ޒިޔާރަތްކޮށް ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް އެ ސަރަހައްދުން ހޫނު ތަރުޙީބެއް ލިބިއްޖެއެވެ.
10 Aug 2023
މުޢިއްޒުގެ ސިޔާސީ ވައުދުތަކާ ގުޅޭ މަޝްވަރާއެއް ޢިލްމުވެރިންގެ ގުޅުމާއެކު ބާއްވައިފި
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަާ މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ މުހައްމަދު މުޢިއްޒުގެ ރިޔާސި ވައުދުތަކާއި ގުޅޭގޮތުން ޢިލްމުވެރިންގެ ގުޅުމުން އެ މަނިކުފާނާއި ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންގޮއްސިއެވެ.