12 Aug 2023
ސިޔާސި ކަންކަމުގައި އަރާނެ އިތުރު ހަރުފަތެއް ދެން ނެތް: ރައީސް ޞާލިޙް
ސިޔާސީ ކަންކަމުގައި އަރާނެ އިތުރު ހަރުފަތެއް ދެން ނެތް ކަމަށާއި، ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ސިޔާސީ މަޤްސަދެއްގައި ކުރާނެ އެއްވެސް ކަމެއް ނެތް ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.
12 Aug 2023
އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ރައީސް ޔާމީންގެ ސިޔާސަތުތައް ދެމެެހެއްޓުން: އަބްދުލް ރަޙީމް
ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބު ކަމިޔަބުކުުރުމަށްޓަކައި ފަށައިފައިވާ ދަތުުރުގެ މައިގަނޑު އަމާޒަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިނިވަންކޮށް އެ މަނިކުފާނުގެ ސިޔާސަތުތައް ދެމެހެއްޓުން ކަމުގައި ޕީއެންސީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާއި ވަގުތީގޮތުން ޙަވާލުވެ ހުންނެވި އަބްދުލް ރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
12 Aug 2023
ފައިނުގައި އެއަރޕޯޓެއް އަޅާއިދިނުމަށް ނާޒިމް ވައުދުވެވަޑައިގެންފި
ވެރިކަން ލިބިވަޑައިގެންފިނަމަ ރ އަތޮޅު ފައިނުގައި އެއަރޕޯޓެއް އަޅުއްވައިދެއްވާނެކަމަށް އެމްއެންޕީގެ ރިޔާސި ކެނޑިޑޭޓް ކަރނަލް ރިޓަޔަރޑް މުހައްމަދު ނަޒިމް ވިދާޅުވެއްޖެއެވެ.
12 Aug 2023
ރައީސް ޔާމީންގެ އިންތިޚާބީ ހައްގު ގެއްލިގެންދިޔައީ ފަނޑިޔާރުގެއިންތަ؟
މިއޯގަސްޓް މަހުގެ 6 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ޕީޕީއެމާއި އެޕާޓީގެ ލީޑަރ ޖަލުގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރި އެއްލައްކައަށްވުރެ ގިނަ ދިވެހި ރައްޔިތުންނަށް ވަރަށް ފުން އަސަރުތަކެއް ލިބިގެންދިޔަ ހުކުމަކަށް ވާނެއެވެ. އެ ހުކުމާއެކު ރައީސް އަބްދުﷲ ޔާމީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ދޮރު ބަންދުވެގެންދިޔައީއެވެ.
12 Aug 2023
ރައްޔިތުންގެ އެދުމާއި އެއްގޮތަށް ހަނިމާދު އެއަރޕޯޓަށް ސަރުކާރުގެ ފުރިހަމަ ބާރުވެރިކަން ކަށަވަރުކޮށްދޭނަނަން: ޑރ މުއިއްޒު
ހަނިމާދު ރައްޔިތުންގެ އެދުމައި އެއްގޮތަށް އިންޑިޔާގެ ބިޔަ ލޯނު އެހީއެއްގެ ދަށުން ތަރައްގީ ކުރަމުންދާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހި ސަރުކާރުގެ ދަށުގައި އޮންނަ އެއާޕޯޓެއްކަން ޔަގީންކޮށްދެއްވާނެ ކަމުގައި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒުގެ ވިދާޅުވެއްޖެއެވެ.
12 Aug 2023
ޑރ ޢަލީ ޒާހިރުގެ ތާއީދު ޑރ މުޢިއްޒަށް
ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.
12 Aug 2023
ޑރ މުޢިއްޒާއި ޓީމު ތިލަދުން މައްޗަށް
އިދިކޮޅު ކެނޑިޑޭޓް ޑރ މުޢިއްޒާއި ޓީމު ތިލަދުން މައްޗަށް ކުރައްވާ ކެމްޕޭނު ދަތުރު ފުޅެއްގައި ފުރައި ވަޑައިގެންފިއެވެ.
11 Aug 2023
"ޕީޕީއެމް ސަޕޯޓަރުން ހަމަނުޖެހުން ހިންގަން ހިތްވަރުދިނީ ލީޑަރޝިޕުން!"
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވަދޫ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅު ވިލިނގިއްޔަށް ވަޑައިގަންނަވާތީ، އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލަން އެއްވެ ތިބި އެ ރަށުގެ އިދިކޮޅު ސަޕޯޓަރުން ހަމަނުޖެހުން ހިންގީ އިދިކޮޅުު ލީޑަރޝިޕުން ހިތްވަރުދީގެން ކަމަށް ރައީސް ޞާލިހް ގެ ކެންޕެއިން ޓީމުން ތުހުމަތު ކޮށްފިއެވެ.