ރިޔާސީ އިންތިޚާބު 2023
14 Aug 2023
ކެންޕެއިނަށް އިދިކޮޅުު ރަނިންމޭޓް މިއަދު މާލޭގެ ދޮރުން ދޮރަށް!
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގެ ރަނިންމޭޓް، އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް، ބައިވެރިވެވަޑައިގެން ހިންގޭ ދޮރުން ދޮރަށް ކެންޕެއިން ހަރަކާތެއް މިއަދު މާލޭގައި ކުރިއަށް ދާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
14 Aug 2023
އެމްޑީޕީގެ މައި ރަށްރަށުން ޑރ. މުޢިއްޒު އަށް ހޫނު މަރުހަބާއެއް!
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައިވެސް އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތު އޮތް ބޮޑު ތިލަދުންމަތީގެ ރަށްރަށުން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒު އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
14 Aug 2023
ގާސިމް އަކީ ރަށެއް ޓްރާންސްފޯމްކޮށްފައި ހުރި ބޭފުޅެއް: އަލީ
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަކީ ރަށެއް ޓްރާންސްފޯމް ކުރައްވާފައިވާ ބޭފުޅެއް ކަމަށާ، އެހެންކަމުން، އެމަނިކުފާނަށް ގައުމުވެސް ޓްރާންސްފޯމް ކުރެއްވޭނެކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.
14 Aug 2023
އެމްޑީޕީގެ ސިޔާސަތުތަކާއި ވާދަކުރެވޭ ވަރުގެ ސިޔާސަތުތަކެއް ހުށަނޭޅެ
އެމްޑީޕީގެ ސިޔާސަތުތަކައި ވާދަކުރެވޭ ވަރުގެ ސިޔާސަތުތަކެއް އެހެން އެއްވެސް ކެންޑިޑޭޓަކަށް ހުށަނޭޅޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެއެވެ.
14 Aug 2023
މަސްވެރިން ޕެންޝަން ސްކީމުގައި ހިމަނާނަން: އިލްޔާސް
ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މަސްވެރިން ގައުމީ ޕެންޝަން ސްކީމުގައި ހިމަނައި، މަހުގެ އަގު 25ރ އަށް ބޮޑު ކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބު މިއަދު ވިދާޅުވެއްޖެ އެވެ.
14 Aug 2023
މި ދައުރުގައި ޒުވާނުންނަށް ކުރިން ލިބިފައިނުވާ ފުރުސަތުތަކެއް ހޯދައިދެވުނު
މިދައުރުގައިވެސް ޒުވާނުންނަށް ކުރިން ލިބިފައިނުވާ އެތައް އައު ފުރުސަތުތަކެއް ހޯދައިދެވުނު ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
14 Aug 2023
ދަ ޑިމޮކްރަޓްސްގެ މެނިފެސްޓޯ މާދަމާ އިޢުލާނު ކުރަނީ
ރައީސް ނަޝީދުގެ މޭސްތިރި ކަމުގެ ދަށުން ހިންގަމުންދާ ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ މާދަމާ އިޢުލާނު ކުރުމަށް ނިންމައިފިއެވެ.
14 Aug 2023
އިސްލާމް މާއްދާ އިނގިރޭސި ކުރުމަށް މުޢިއްޒުގެ ފާޑުވިދާޅުވުން!
އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަކީ ދިވެހި ގައުމިއްޔަތު ގެއްލުވާލުމަށް ކުރާ މަސައްކަތުގެ ފެށުމެއް ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.