ރިޔާސީ އިންތިޚާބު 2023
09 Aug 2023
އަންނަ ދައުރުގައި ދޮށީ އުމުރު މީހުންނަށްޓަކައި ކޮށްދޭނެ ކަންކަން!
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ކުރިއަށް އޮތް ދައުރަށް އިންތިހާބުވެ ވަޑައިގެންފި ނަމަ، ދޮށީ އުމުރުގެ މީހުންނަށް ކޮށްދޭން ނިންމަވާފައިވާ ކަންކަން ހާމަކުރައްވައިފިއެވެ.
09 Aug 2023
އިސްލާމް "އިނގިރޭސިކުރުމަކީ" ދިވެހިބަހަށް އިސްކަންދޭ ގާނޫނު މުގުރާލުން
އިސްލާމް "އިނގިރޭސިކުރުމަކީ" ދިވެހިބަހަށް އިސްކަންދޭން އޮންނަ ޤާނޫނުގެ ރޫޙު މުގުރައިލުން ކަމަށް ރާއްޖޭގެ ދީނީ ޢިލްމު ވެރިޔާ އަދި ޖަމިއްޔަތުއް ސަލަފްގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
09 Aug 2023
"ހުވަފެނެއް ނުދައްކާނަން، ވައުދުތައް މިދަނީ ފުއްދަމުން"
ރައްޔިތުންނަށް ހުވަފެން ދައްކާނެ ބޭފުޅަކަށް ވެ ވަޑައިނުގަންނަވާނެ ކަމަށާއި، ވީ ވައުދުތައް ފުއްދަމުން ގޮސްފައިވާތަން ރައްޔިތުންނަށް ދައކާދެއްވާފައި ވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
09 Aug 2023
"މުޢިއްޒުގެ ރަނިންމޭޓަކީ ރައްޓެއްސެއް؛ މިހާރުވެސް ވާހަކަ ދައްކަން"
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު، ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފަކީ ރައްޓެއްސެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
09 Aug 2023
މި ދައުރުގައި މަހަށް ހަމަ އަގު ނުދެވުނީ ކީއްވެގެންކަން ސާފުކޮށްދީފި!
ވެރިކަމުގެ ފުރަތަމަ ދައުރުގައި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެކަމަށް ވައުދުވި ނަމަވެސް އެކަން ނުކުރެވުނީ ކޮން ސަބަބަކާއި ހުރެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ސާފުކޮށްދެއްވައިފި އެވެ.
09 Aug 2023
ޖޭޕީގެ މެނިފެސްޓޯ އިފްތިތާހް ކުރުން މިރޭ!
މި އަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެންޑިޑޭޓު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މެނިފެސްޓޯ ލޯންޗް ކުރުން މިރޭ ބާއްވާ ގޮތަށް ނިންމައިފިއެވެ.
09 Aug 2023
"ވޯޓު ދޭ ގޮތަކުން ރާއްޖެ، ދެހާހުގެ ކުރީކޮޅަށް ގޮސްދާނެ"
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދޭ ގޮތަކުން، ދިވެހިރާއްޖެ ދެހާހުގެ ކުރީކޮޅު އޮތް ހާލަތަށް ބަދަލުވެގެން ގޮސްދާނެ ކަމަށް ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.
09 Aug 2023
ރައީސް ގެ ޖަލްސާގައި ރަފިއްޔާ އަވަގުރާނަ ގޮވުމުން ހޫނުފެނަށް!
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޖަލްސާއެއްގައި، އެމަނިކުފާނާއިއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ނާއިބު ރައީސާ އައިޝަތު ރަފިއްޔާ އަވަގުރާނަ ގޮވުމުން ހޫނުފެނަށް ވެއްޓިއްޖެ އެވެ.