ރިޔާސީ އިންތިޚާބު 2023
06 Aug 2023
މިނިވަން ގައުމެއް ގޮތުގައި އޮވެގެން ތަރައްޤީ ކުރިއަށް ގެންދެވޭނީ ގާސިމަށް!
ތަރައްގީގެ މަރުހަލާގައި މިނިވަން ގައުމެއް ގޮތުގައި އޮވެގެން ކުރިއަށް ގެންދިއުމުގެ ގާބިލިއްޔަތު ގާސިމްގެ އެބަހުރިކަމަށާއި ގާސިމްއާއި މިއަދު ގުޅިވަޑައިގަތީ އެކަމުގެ ފުރިހަމަ އިތުބާރު ގާސިމްގެ ހުންނެވިކަން އެނގިވަޑައިގެން ކަމުގައި މިއަދު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި، ޑރ މަހުމޫދު ޝައުގީ ވިދާޅުވެއްޖެއެވެ.
06 Aug 2023
ގާސިމް ގެ ރަނިންމޭޓަކަށް އަމީން!
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެ ރަނިންމޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ހަމަޖައްސަވައިފި އެވެ.
06 Aug 2023
ދަ ޑިމޮކްރެޓްސް ގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި
ރައީސް ނަޝީދު އިސްކޮށް ހުންނަވައި ހިނގްވަމުން ގެންދަވާ ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސް ގެ ފަރާތުން މި އަހަރުގެ ރިޔާސި އިންތިހާބުގައި ވާދަކުރައްވާ، އިލްޔާސް ލަބީބްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަަޅައިފިއެވެ.
06 Aug 2023
އިލްޔާސްގެ ރަނިންގ މޭޓަކަށް ޢަމްރު ހަމަޖައްސައިފި
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގމޭޓަކަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން ޢަމްރު ހަމަޖައްސައިފިއެވެ.
06 Aug 2023
ޖޫރިމަނާއާއި ސާބިތު ދަރަންޏަކީ ތަފާތު ދެ އެއްޗެއް: ހައިލަމް
ކޯޓެއްގެ ޙުކުމަކުން ކުރެވުނު ކަމުގައިވިޔަސް ޖޫރިމަނާއާއި ސާބިތު ދަރަންޏަކީ ތަފާތު ދެ އެއްޗެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދް ހައިލަމް ވިދާޅުވެއްޖެއެވެ.
06 Aug 2023
ނިގުޅައިގެނެވިގެން މި ދިޔައީ ދިވެހި ގައުމު ތަރައްގީގެ އައު މަންޒިލަކަށް ގެނެސްދިން ލީޑަރެއްގެ ހައްގު: ޑރ ޖަމީލު
ސުޕްރިމް ކޯޓުގެ ނިންމުން މުޅި ދިވެހިރާއްޖެވެސް އަހައިފިކަމަށާއި މިއަދު ފެނިގެން މިދިޔައީ އިސްތިއުނާފީ މަރުހަލާގައި ރައީސް ޔާމީނަށް ހައްގު ހޯދައި ނުދެވި ހިފެހެއްޓުމުގެ ނަތީޖާ ކަމުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ ޖަމީލް ވިދާޅުވެއްޖެއެވެ.
06 Aug 2023
ޑރ މަހްމޫދު ޝައުގީ ޖޭޕީ އާއި ގުޅިވަޑައިގެންފި
ރައީސް މައުމޫނުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވައިފައިވާ ޑރ މަހްމޫދު ޝައުގީ ޖުމްހޫރީޕާޓީ އާއި ގުޅިވަޑައިގަންނަވައިފިއެވެ.
06 Aug 2023
ހައްގަށް ނަޞްރު ދެއްވާނެ: ޝިޔާމް
މިއަދު މި ގައުމަށް ރައީސް ޔާމީން ބޭނުންވެފައިވާ މިންވަރު ދިވެހި ލޭ ހިނގާ ކޮންމެ ދަރިޔަކަށް އިހްސާސުކުރެވޭނެ ކަމުގައްޔާއި މާތް ﷲ ގެ ރަހުމަތްފުޅުން ހައްގަށް ނަސްރު ލިބިގެންދާނެ ކަމުގައި ރައްޔިތުންގެ މަޖްލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.