ރިޔާސީ އިންތިޚާބު 2023
08 Aug 2023
ފުލެޓް ލިބުނު އެންމެނަށް އަންނަ ދައުރުގައި ފުލެޓް ދޭނަން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބުމަށް ޝަރުތު ހަމަވާ މީހުންނަށް ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގައި ފުލެޓް އަޅައި ދެއްވާނެ ކަމަށް އެމްޑީޕީީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
08 Aug 2023
މިދިޔަ ފަސްއަހަރަކީ ރާއްޖޭގެ އެންމެ ކުށް މަދު ފަސްއަހަރު
2018 ވަނަ އަހަރުން ފެށިގެން މިދިޔަ ފަސްއަހަރަކީ ރާއްޖޭގެ އެންމެ ކުށްމަދު ފަސް އަހަރުގެ ގޮތުގައި ރިކޯޑް ކުރެވިފައިވާ ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
08 Aug 2023
"ޑްރޯންގައި ލެބޯޓަރީ ތަކެތި ފޯރުކޮށްދިނުމަކީ ކުރިން ނިންމާފައި އޮތް ކަމެއް"
ޑްރޯން ބޭނުންކޮށްގެން ރަށްރަށުގެ ލެބޯޓަރީތަކަށް ތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތަކީ މި އަހަރު ފެށުމަށް ހަމަޖެހިފައި އޮތް ކަމެއް ކަމަށް އެސްޓީއޯ ގެ ކުރީގެ އެމްޑީ އަދި ޑިމޮކްރެޓްސް ގެ ރަނިންމޭޓް ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
08 Aug 2023
ރައީސް ޞާލިހާއި ދެކޮޅަށް އަޑުއުފުލި މީހަކު ހައްޔަރު ކޮށްފި!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގދ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ކެންޕެއިން ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގެންނެވުމުން އެ ރަށުގައި އެމަނިކުފާނާއި ދެކޮޅަށް އަޑު އުފުލަމުންދިޔަ މީހަކު ގަދަބާރުން، އަނިޔާވެރި ކަމާއިއެކު ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.
08 Aug 2023
"ހޯނޑެއްދޫއިން 98 އިންސައްތައަށްވުރެ ބޮޑު އަގުލަބިއްޔަތެއް ލިބެން އެދެން"
އައު ރިޔާސީ ދައުރަކަށް ހޮވައިދެއްވައިފިނަމަ، މަޑަވެލި-ހޯޑެއްދޫ ދެމެދުގައި އަޅާމުންދާ ކޯސްވޭގެ މަޒައްކަތް ނިންމައި އެ ދެމެދުގައި ފަސޭހައިން އުޅަނދުތަކަށް ދަތުރުކުރެވޭ ގޮތް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
07 Aug 2023
އޭރުނުވާނޭ ބުނި ކަންތައްތައް މިދަނީ ކޮށް ނިންމަމުން: ރައީސް ޞާލިޙް
އިދިކޮޅު ފަރާތްތަކުން ނުވާނެއޭ ބުނި ކަންތައްތައް ދަނީ ކޮށް ނިމެމުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
07 Aug 2023
"ކެބިނެޓަށް އައްޔަން ކުރުމުގެ ކުރިން އެސެސްމެންޓެއް ހެދޭނެ"
ވެރިކަން ލިބިވަޑައިގަންނަވައިފި ނަމަ، ކެބިނެޓާއި އެހެނިހެން ދައުލަތުގެ އިސް މަގާމުތަކަށް ބޭބޭފުޅުން އައްޔަނުކުރެއްވުމުގައި އެއްވެސް ހާލެއްގައި ގާތް އާއިލީ ބޭފުޅުންނަށް އިސްކަން ނުދެއްވާނެކަމަށާއި ކެބިނެޓްވެސް އެކުލަވާލާނީ އެކަމަށް ކަނޑައެޅޭ ބޭފުޅުންގެ އެސެސްމެންޓްއެއް ހެދިގެން ކަމުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ކެންޑިޑޭސި ހުށަހެޅުއްވި، ޑިފެންސް މިނިސްޓްރީގެ ކުރީގެ ނައިބު ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ.
07 Aug 2023
ރައީސް ޔާމީނުގެ ނިންމުމަށް ޑރ ވަހީދުގެ ޝުކުރު!
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، ޑރ މުހައްމަދު މުއިޒުއަށް ތާއީދު ކުރެއްވުމަށް ކުރިގެ ރައީސް ޔާމީން ނިންމެވި ނިންމެވުމަށް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ އެޑްވައިޒަރ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ޝުކުރު އަދާކުރައްވައިފިއެވެ.