ރިޔާސީ އިންތިޚާބު 2023
03 Aug 2023
ޕީޕީއެމް ދޫކޮށް، މުޢިއްޒު ޕީއެންސީއަށް ސޮއިކުރައްވައިފި!
ޕީޕީއެމްގެ ނާއިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު، އެ ޕާޓީ ދޫކުރައްވައި، ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ. މިކަން ޕީޕީއެމުން ވަނީ އިއުލާން ކުރައްވައިފަ އެވެ.
03 Aug 2023
ޕީއެންސީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ޕީއެންސީން ވާދަކުރަން އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން މިއަދު ފާސްކުރުމާއެކު، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
03 Aug 2023
ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ސިއްޙީ ޙާލަތު ޢާންމު ކުރަންޖެހޭ
ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ސިއްޙީ ޙާލަތު ޢާންމު ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
03 Aug 2023
މިހާތަނަށް ވޯޓު ފޮށި ބެހެއްޓޭކަން ޔަޤީންވީ 41 ރިސޯޓެއްގައި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓޭކަން ޔަޤީންވެފައިވަނީ 41 ރިސޯޓެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު އިސްމާއިލް ޙަބީބު ވިދާޅުވެއްޖެއެވެ.
03 Aug 2023
ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވަނީ ޑރ.މުއިއްޒު އަދި އާދަމް ޝަރީފް
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވިއްޖެނަމަ، ބަދަލުގައި އިދިކޮޅުން ނެރޭ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަ ކުރައްވަނީ މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކަމަށް ހާމަވެއްޖެއެވެ.
03 Aug 2023
ޕީއެންސީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ފާސްކޮށްފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ޕީއެންސީން ވާދަކުރަން އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްފި އެވެ.
03 Aug 2023
"ޕީޕީއެމުން ތަންފީޒް ކުރާނެ ސިޔާސަތު ވަރަށް ސާފު"
އިދިކޮޅު އެންމެ ބޮޑު ޕާޓީ, ޕީޕީއެމް އިން ރިޔާސީ އިންތިޚާބަށް ކޮންމެ ކެންޑިޑޭޓެއް ނެރުނަސް އެ ކެންޑިޑޭޓެއް ތަންފީޒް ކުރާނީ ޕީޕީއެމްގެ ސިޔާސަތު ކަމަށާ، އެ ސިޔާސަތު އެމަނިކުފާނަށާއި ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
03 Aug 2023
ރައީސް ސޯލިހު ފަދަ ކެތްތެރި އިންސާނަކާ އަދި ދިމައެއް ނުވޭ: ޝިޔާމް
ދުނިޔޭގައި ދުވަސްކޮޅެއް ހޭދަ ކުރެވިއްޖެކަމަށާއި، އެހެން ނަމަވެސް މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު މުހައްމަދު ޞާލިހު ފަދަ ކެތްތެރި މީހަކާއި ދިމާނުވާކަމަށް ވިދާޅުވެ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ކޯލިޝަން ހަދައިފައިވާ އެމްޑީއޭގެ ލީޑަރ، އަހުމަދު ސިޔާމް މުހައްމަދު އަނެއްކާވެސް ރައީސް ސޯލިހަށް ތައުރީފު ކުރައްވައިފިއެވެ.