ރިޔާސީ އިންތިޚާބު 2023
04 Aug 2023
ސްޕްރީމް ކޯޓުގެ ސަރަހައްދުން ކަރަންޓް ހިނގައްޖެ!
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކެންޑިޑެސީ އާއި ގުޅޭ މައްސަލައިގެ އަޑުއެހުމުގެ ވަގުތު ޖެހިފައި ވަނިކޮށް ސްޕްރީމްކޯޓް ސަރަހައްދުން ކަރަންޓް ހިނގައްޖެއެވެ.
04 Aug 2023
ރިޔާސީ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މިމަހު 9 ގައި!
ރިޔާސީ އިންތިހާބު 2023 އަށް ކުރިމަތިލާ މީހުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި، ގުރުއަތުލުން 2023 އޮގަސްޓު 9 ވާ ބުދަދުވަހު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
04 Aug 2023
ރީ ރެޖިސްޓްރޭޝަން މުއްދަތު މާދަާމާ ހަމަވާނެ: އީސީ
‏ރަށްވެހިވެފައިވާ ރަށްނޫން، އެހެން ތަނެއްގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު މާދަމާ (2023 އޮގަސްޓު 5 ވާ ހޮނިހިރު ދުވަހު) ގެ ނިޔަލަށް، ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
03 Aug 2023
ެއެންމެ ފުރަތަމަ ކަމަކަށްވެސް ކުރާނެ ކަމަކީ ރައީސް ޔާމިން މިނިވަންކުރުން
ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ވާދަނުކުރެވި އިދިކޮޅު ކެނޑިޑޭޓޭއްގެ ގޮތުގައި ވާދަކުރައްވައި ކާމިޔާބު ވެއްޖެނަމަ އެންމެ ފުރަތަމަދުވަހު އެންމެ ފުރަތަމައަށްވެސް ކުރައްވާނެ ކަމަކީ ރައީސް ޔާމިން ޖަލުން މިނިވަންކުރުން ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި މާލޭ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
03 Aug 2023
ޔާމީންގެ ކެންޑިޑެސީ މައްސަލައަށް ދައުލަތުން ތަދައްޚުލްވެއްޖެ!
އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ހުށަހެޅި ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލައިގެ ތެރެއަށް ބަންޑާރަ ނައިބުގެ އޮފީހުން ތަދަހުއްލްވެއްޖެ އެވެ.
03 Aug 2023
ޕީއެންސީގެ ރިޔާސީ ޓިކެޓް ޑރ. މުޢިއްޒު އަށް!
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވިއްޖެނަމަ، ބަދަލުގައި އިދިކޮޅުން ކެންޑިޑޭޓަކު ހޮވުމަށް ނިންމައި، ހުޅުވާލި ފުރުސަތުގައި، ޝައުގުވެރިކަން ފާޅުކުރެއްވި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އެ މަގާމަށް އިންތިހާބުވެވަޑައިގެންފިއެވެ.
03 Aug 2023
އެދެނީ ރައީސް ޔާމީން އިންތިޚާބުގައި ވާދަކުރެއްވުން: މުއިއްޒު
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ޝައުވެރިކަން ފާޅުކުރައްވާފައިވީ ނަމަވެސް، އުއްމީދަކީ އެޕާޓީގެ ބަދަލުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އިންތިޚާބުގައި ވާދަކުރެއްވުން ކަމަށް ނާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު ވިދާޅުވެއްޖެއެވެ.
03 Aug 2023
ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅީ ޝަރީފާއި މުޢިއްޒު!
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވިއްޖެނަމަ، ބަދަލުގައި އިދިކޮޅުން ކެންޑިޑޭޓަކު ހޮވުމަށް ނިންމައި، ހުޅުވާލި ފުރުސަތުގައި، ޝައުގުވެރިކަން ފާޅުކުރެއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކަމަށް ޕީޕީއެމުން ބުނެފި އެވެ.