ރިޔާސީ އިންތިޚާބު 2023
24 Jul 2023
އިތުބާރު ނެތް ކަމަށް ފާސްކުރި ކަމަށް ނާންގާ: ފުއާދު
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ކޮމިޝަނަށް ވައްދައި، އެ މައްސަލަ ފާސްކޮށްފައިވާ ކަމުގެ މައުލޫމާތު ކޮމިޝަންގެ އެއްވެސް މެންބަރަކު އަންގާފައި ނުވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
24 Jul 2023
ޔާމީންގެ ކެންޑިޑެސީ ފޯމް ފުރުމަށް ކަރެކްޝަންސްއިން އެހީވަނީ
މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމު ފުރަން އެހީވުމުގެ މަސައްކަތް ކަރެކްޝަނަލް ސާވިސަސް އިން ފަށައިފި އެވެ.
24 Jul 2023
ކަންބޮޑުވުންތަކާއި އެކު ޕީޕީއެމް އިނގިރޭސި ސަފީރުގެ އަރިހަށް
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް އިދިކޮޅުު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން އިނގިރޭސި ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ކެރޮން ރޮސްލާއާއި ބައްދަލު ކުރައްވައިފި އެވެ.
24 Jul 2023
ރައީސް ކަމުގައި ނުހޯއްދެވުނު ސަޕޯޓް, ޖަލުގައި ނުހޯދޭނެ
ރައީސް ކަމުގައި ހުންނަވައިގެން ނުހޯއްދެވުނު ސަޕޯޓެއް ޖަލުގައި ހުންނަވައިގެން ނުހޯއްދެވޭނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
23 Jul 2023
"ޕީޕީއެމުން ވާދަނުކުރާނަމަ ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަށް ނުވާނެ"
ވާދަވެރި ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ރިޔާސީ އިންތިޚާބުގައި ވާދަނުކުރާނަމަ، އެ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ނުވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
23 Jul 2023
އެމްއާރްއެމްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ފާރިސް
މޯލްޑިވްސް ރިފޯމް މޫވްމެންޓް(އެމްއާރްއެމް) އިން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމް ކަމަށް އެޕާޓީއިން ހާމަކޮށްފިއެވެ.
23 Jul 2023
"ސްޕްރީމްކޯޓްގެ ފަނޑިޔާރުންގެ ޒިންމާ އަދާކުރަންޖެހޭ ވަގުތު ޖެހުނީ"
‏ދިވެހި ރާއްޖޭގެ އުއްްތަމަ ފަނޑިޔާރާއި ސްޕްރީމްކޯޓްގެ ފަނޑިޔާރުންގެ ޒިންމާ އަދާކުރަންޖެހޭ ވަގުތު ޖެހިފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
22 Jul 2023
އިންތިޚާބީ ހައްޤު ކަށަވަރުކުރަން ރައީސް ޔާމީނު ސުޕްރިމް ކޯޓަށް
ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިންތިޚާބީ ހައްޤުތައް ކަށަވަކުރުކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރިމް ކޯޓަށް މައްސަލައެއް ހުށައަޅައިފި އެވެ.