ރިޔާސީ އިންތިޚާބު 2023
20 Jul 2023
ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް ހުޅުވާލަނީ!
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑީޑޭޓް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލަން އެޕާޓީއިން އިއުލާން ކޮށްފިއެވެ.
20 Jul 2023
ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީގައި އިލްޔާސް ލަބީބު ވާދަކުރަން ނިންމައިފި!
ދަ ޑިމޮކްރެޓްސް ގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމާއިއެކު ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރިމަތިލުމަށް ނިންމައިފިއެވެ.
20 Jul 2023
"އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ތަރައްގީގެ ހުއްޓިދާނެ"
މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން މި ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތައް ހުއްޓިދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެ އެވެ.
20 Jul 2023
"ދިވެހިންގެ ސުލްހަވެރި ހިންގާލުން" އަށް ފުލުހުން ހުއްދަ ދީފި!
އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން މާދަމާ ބާއްވާ "ދިވެހިންގެ ސުލްހަވެރި ހިންގާލުން" ފުލުހުން ހުއްދަ ދީފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
20 Jul 2023
ރައީސް ޞާލިހު ކެލާ އަށް ވަޑައިގެންނެވުމުން އިހްތިޖާޖު ކޮށްފި!
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރިޔާސީ ކެންޕެއިނަށް ތިލަދުންމަތީ އުތުރުބުރި އަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ކެލާ އަށް ވަޑައިގެންނެވުމުން، "ޗޯރޭ" ގޮވާލައި އިހްތިޖާޖު ކޮށްފިއެވެ.
20 Jul 2023
ވެރިކަން ބަދަލުކުރާ ސިޔާސަތު ބަދަލު ކުރަންޖެހޭ: ރައީސް ޞާލިހު
ވެރިކަންތައް ބަދަލުކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާތެއް ނޫންކަމަށާއި, އެކަން ބަދަލުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
20 Jul 2023
ރިޔާސީ އިންތިޚާބު އޮބްޒަރވް ކުރުމުގެ ފުރުސަތު ހުޅުވާލައިފި
ސެޕްޓެމްބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބުގައި ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
20 Jul 2023
"ބޮޑުތިލަދުންމައްޗަށް ތަރައްގީގެ ބޮޑު ބަދަލެއް ގެންނާނަން"
ބޮޑުތިލަދުންމައްޗަށް ތަރައްގީގެ ބޮޑު ބަދަލެއް ގެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.