ރިޔާސީ އިންތިޚާބު 2023
19 Jul 2023
ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން އިތުރު ފުރުސަތެއް ދެނީ
މިހާރު ލިސްޓުގައި ހިމެނިފައި ނެތް ރިސޯޓަކަށް ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހަޅައިފިނަމަ، އިތުރު ރިސޯޓުތަކުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުޞަތު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
19 Jul 2023
ނަޝީދު، ގާސިމް އަދި ނާޒިމް މިއަދު ބައްދަލުކުރައްވަނީ
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، އާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، އާއި އެމްޑީޕީން ވަކިވި މެންބަރުން އުފެއްދެވި ޑިމޮކްރެޓްސް އާއި އަލަށް ގުޅިވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
19 Jul 2023
"ޕީޕީއެމަށް ގޮތް ހުސްވީކަމަށް ވިސްނައިދޭން އުޅޭނެކަމެއް ނެތް"
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިވަގުތު ޖަލު ހުކުމެއް ތަންފީޒުކުރައްވަން ޖެހިވަޑައިގަތުމަކީ ޕީޕީއެމްއަށް ގޮތް ހުސްވުންކަމަށް ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ނުކުރުމަށް އިދިކޮޅުން ގޮވާލައިފި އެވެ.
19 Jul 2023
އިދިކޮޅުން "ދިވެހިންގެ ސުލްހަވެރި ހިނގާލުން" ބާއްވަނީ!
އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން އަންނަ ހުކުރު ދުވަހު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
19 Jul 2023
"މި ދައުރުގައި އިތުރު ފަސް އެއާޕޯޓް ގެ މަސައްކަތް ފަށާނަން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ދައުރުގެ ތެރޭގައި އިތުރު 5 އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
19 Jul 2023
ޖޭޕީއާއި އެމްއެންޕީން އެކުގައި މަސައްކަތް ކުރަން މަޝްވަރާކޮށްފި!
ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި އަދި 2024 ގެ ރައްޔިތުންގެ މަޖލީހުގެ އިންތިޚާބަށް އެކުގައި މަސައްކަތްކުރުމަށް ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީން މަޝްވަރާ ކޮށްފިއެވެ.
19 Jul 2023
ރައީސް ޞާލިހު ހޯރަފުށްޓަށް ވަޑައިގެންފި!
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތިލަދުންމަތީ އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހޯރަފުށްޓަށް ވަޑައިގެންފި އެވެ.
18 Jul 2023
"ޗެއާޕާސަން އަކަށް ހުންނަންވާނީ ޒާތީނުވެ ޕާޓީގެ މެމްބަރުންނާއެކު އުޅެވޭ މީހެއް"
އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް، ރައީސުލްޖުމްހޫރިއްޔާގެ ރަނިން މޭޓްއަށް ޝައުގުވެރިވާ ކަމުގެ ވާހަކަދައްކަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ކަމަށް ވިދާޅުވުމުން އެކަމަށް ރީކޯ ރައްދު ދެއްވާއިފިއެވެ.