11 Nov 2024
ސީއެސްސީގެ ރައީސާއި، އީސީ އަދި އޭސީސީގެ ނައިބުރައީސް ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި
އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަން ކޮމިޝަނުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގައި ހިމެނޭ ބައެއް ވެރިން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
30 Oct 2024
ބާރުތައް ރައީސަށް ދިނުމަކީ މުއައްސަސާތަކުން އެދުނު ގޮތް: ހަބީބް
މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ދިނުމަކީ އެ މުއައްސަސާތަކުން އެދިފައިވާ ކަމެއް ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު އަދި އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.
28 Oct 2024
އީސީއާއި އޭސީސީ، ރައީސްގެ ބާރުގެދަށަށް ގެނައުން ހުއްޓާލުމަށް ގޮވާލައިފި
އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
14 Oct 2024
އީސީގެ މެންބަރު ކަމަށް ހަސީބް އައްޔަންކުރަން ފޮނުއްވައިފި
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ، އެ ކޮމިޝަނުގެ މެމްބަރުކަމަށް އަބްދުލް ހަސީބް އިސްމާއީލް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
10 Oct 2024
ސިޔާސީޕާޓީތަކުގެ ޤާނޫނަށް އިސްލާހުތައް ގެންނަން އޭޖީއަށް ފޮނުވައިފި
އިލެކްޝަން ކޮމިޝަނުގެ ފަަރާތުން ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނަން ފެންނަ އިޞްލާޙުތައް އެޓަރނީ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.
02 Oct 2024
ޕާޓީން ވަކިވާން ދެން އެދެންޖެހޭނީ އޮންލައިނުކޮށް
ސިޔާސީޕާޓީގެ ދަފްތަރުން ވަކިވާން ބޭނުންނަމަ، މާދަމައިން ފެށިގެން އެކަންކުރެވޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށް އިލެކްޝަން ކޮމިޝަނުން ހަމަޖައްސައިފިއެވެ.
18 Aug 2024
ކޮންމެ 6 މަހަކުން ބައި-އިލެކްޝަން ބޭއްވުމަށް ފާސްކުރި އިސްލާހް، ރައީސް ޑރ.މުޢިއްޒު ތަސްދީގުކުރައްވައިފި
ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ކޮންމެ 6 މަހަކުން ބާއްވާގޮތަށް ގާނޫނަށް ގެނައި އިސްލާހު, ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގު ކުރައްވައިފިއެވެ.
29 Jul 2024
އަވަސް އަވަހަށް ބައި-އިލެކްޝަންތައް ނުބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރަނީ
ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ކައިރި ކައިރީގައި ނުބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.