އިލެކްޝަން ކޮމިޝަން
17 Jul 2024
"ދެ އިންތިހާބު އެއްފަހަރާ ބާއްވައިފިނަމަ 130 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ"
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްފަހަރާ ބާއްވައިފި ނަމަ 130 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.
20 Jun 2024
ކުޅުދުއްފުއްޓާއި މާލެ ސިޓީ ގޮނޑިތަކަށް ވާދަކުރަނީ ޕީއެންސީއާއި އެމްޑީޕީ
ހދ.ކުޅުދުއްފުށި ސިޓީ ކައުންސިލާއި މާލެ ސިޓީ ކައުންސިލުން ހުސްވި ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެނޑިޑޭޓުންކަން އިލެކްޝަން ކޮމިޝަން (އީސީ) އިން އާއްމުކުރި މައުލޫމާތުތަކުން ހާމަވެއްޖެއެވެ.
19 Jun 2024
ޕާޓީތަކުން ކުރާ މަސައްކަތްތައް ކޮންމެ އަހަރަކުވެސް އީސީން ބަލާ: ފުއާދު
ަދައުލަތުގެ ބަޖެޓުން، ކޮންމެ އަހަރަކުވެސް ސިޔާސީ ޕާޓީތަކަށް ބޮޑު އަދަދުން ފައިސާދޭއިރު، އެ ޕާޓީތަކުން ކުރާ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަން،އީސީ އިން ބަލާ ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
18 Jun 2024
6 ސިޔާސީ ޕާޓީއަކަށް އީސީން ފައިސާ ދޫކޮށްފި
ޝަރުތު ހަމަވާ 6 ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފައިސާ ދޫކޮށްފިއެވެ.
03 Jun 2024
ބައި-އިލެކްޝަންތަކާ ގުޅޭ ގޮތުން ޝަކުވާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފި
އީސީއިން ހާމަ ކުރެއްވި ގޮތުގައި ޖުލައި 20 ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަންތަކާ ގުޅިގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.
30 May 2024
މާލޭ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑީގެ ބައި-އިލެކްޝަން ޖުލައި މަހުގެ 20 ވަނަ ދުވަހަށް ތާވަލުކޮށްފި
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރެއްވި ގޮތުގައި، މާލޭ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑީގެ ބައި-އިލެކްޝަން އަންނަ ޖުލައި މަހުގެ 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނި ހަމަޖެހިފައެވެ. މާލެ ސިޓީ ކައުންސިލުން ހުސްވެފައިވަނީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އަދި ހުޅުމާލެ ދާއިރާގެ ގޮނޑިއެވެ. އެވެ. އެ ގޮނޑިތައް ހުސްވެފައިވަނީ، އެ ދާއިރާތަކުގެ ކައުންސިލަރުން، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ އެ ބޭފުޅުންގެ ދައުރު، މިދިޔަ އަންގާރަ ދުވަހު ފެށުމުންނެވެ.
25 May 2024
މާލީ ބަޔާން ހުށަނާޅާ މީހުންނާމެދު ފިޔަވަޅު އަޅާނަން: ފުޢާދު ތައުފީޤު
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިލެކްޝަންސް ކޮމިޝަނުގެ ޗެއަރމަން ފުއާދު ތައުފީޤު ވިދާޅުވީ މާލީ ބަޔާން ހުށަނާޅާ މީހުންނާމެދު ޤާނޫނުގައިވާ ގޮތަށް ޢަމަލުކުރާނެ ކަމަށެވެ.
21 May 2024
މާލީ ބަޔާން ހުށައެޅީ މަޖިލީސް އިންތިހާބުގައި ވާދަކުރި 91 ކެނޑިޑޭޓުން
ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރި 368 ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހަޅާފައިވަނީ 91 ކެނޑިޑޭޓުންކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.