13 Apr 2025
ޔާމީނާއި އަދީބުގެ ޕާޓީގައި 3،000 މެންބަރުން ހަމައެއް ނުވޭ
ޕާޓީއެއްގައި އެންމެ މަދުން ހަމަވާން ޖެހޭ 3,000 މެންބަރުން ނެތީ ދެ ޕާޓީގައެވެ. އެއީ ޕީއެންއެފާއި އެމްޓީޑީ ގަ އެވެ.
10 Apr 2025
ޕީއެންސީއަށް 13 މިލިއަން، އެމްޑީޕީއަށް 8 މިލިއަން އަދި ޖޭޕީއަށް 2 މިލިއަން
އިލެކްޝަންސް ކޮމިޝަނުން ބުނީ މި އަހަރު ފައިސާ ލިބޭނީ ފަސް ޕާޓީއަކަށް ކަމަށެވެ. އެއީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖޭޕީ އާއި އެމްޑީއޭ އާއި ޕީއެންސީ އަށެވެ.
19 Mar 2025
މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ހުށަނާޅާނީ އެމްޓީޑީއާ ޕީއެންއެފް އިން
ރިޕޯޓް ހުށައަޅާފައި ނުވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އާއި ޕީޕަލްސް ނެޝަނަލް ފްރަންޓުންނެވެ.
18 Feb 2025
އީސީގެ ރައީސްކަމަށް ޒާހިދު އަދި ނައިބަކަށް ޞަލާޙް އައްޔަނުކޮށްފި
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމަށް މިހާރު އެ ކޮމިޝަންގެ މެންބަރުކަން ކުރައްވަމުން ގެންދަވާ މުޙައްމަދު ޒާހިދު، އަދި ނާއިބަކަށް އެ ކޮމިޝަންގެ މެންބަރު ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އައްޔަނުކުރައްވައިފިއެވެ.
17 Feb 2025
އީސީގެ ރައީސާއި ނައިބު، ރައީސް އައްޔަން ކުރުމަކީ މައްސަލައެއްނޫން
އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ދިނުމަކީ މައްސަލައެއް ނޫން ކަމަށާ އެކަމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
17 Feb 2025
އީސީގެ ވެރިންނަށް ރުހުންދީފި
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމަށް މިހާރު އެ ކޮމިޝަންގެ މެންބަރުކަން ކުރައްވަމުން ގެންދަވާ މުޙައްމަދު ޒާހިދު، އަދި ނާއިބަކަށް އެ ކޮމިޝަންގެ މެންބަރު ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
13 Feb 2025
އީފާސް މެދުވެރިކޮށް ނޫނީ ސިޔާސީ ޕާޓީތަކަށް ނުވަދެވޭ ގޮތް ހަދައިފި
ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ސާވިސް, އީފާސް ބޭނުންކޮށްގެން އޮންލައިން ޕޯޓަލް މެދުވެރިކޮށް ސިޔާސީ ޕާޓީގެ މެމްބަރުން ރަޖިސްޓްރީ ކުރާގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ގަވާއިދަށް ބަދަލު ގެނެސްފި އެވެ.
10 Feb 2025
އީސީގެ ރައީސަކަށް ޒާހިދު އަދި ނައިބަކަށް ސޮލާހު އައްޔަނުކުރަން ފޮނުވައިފި
އިލެކްޝަން ކޮމިޝަނުގެ ހުސްވެފައިވާ ރައީސް އާއި ނައިބުރައީސްކަމުގެ މަޤާމަށް ބޭފުޅުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ނަންފުޅުތައް ފޮނުއްވައިފިއެވެ.