އިލެކްޝަން ކޮމިޝަން
04 May 2024
6 ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފި
މ. މަޑުއްވަރީ ކައުންސިލްގެ ރައީސާއި 3 ރަށެއްގެ ކައުންސިލެއްގެ މެންބަރާއި 2 ރަށެއްގެ ކައުންސިލެއްގެ އަންހެން މެންބަރު އިންތިޚާބުކުރުމަށް ބާއްވާ 6 ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
30 Apr 2024
ތިން ރަށެއްގެ ކައުންސިލްތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލާން ހުޅުވާލައިފި
ތިން ރަށެއްގެ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އެގޮތުން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ކުޑަހުވަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށާއި ގަމު ކައުންސިލްގެ މެންބަރުގެ ގޮނޑިއަށް އަދި މުލަކު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި އަށެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިގޮތުގައި މި ތިން ގޮނޑި ހުސްވެފައިވާތީ އެ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބައި އިލެކްޝަން ބާއްވާނީ ޖޫން 15 ގައެވެ.
26 Apr 2024
އިންތިޚާބީ މިނިވަން މެންބަރުންގެ ޕާޓީ ބަދަލުކުރިޔަށް އަދި ގޮނޑި ނުގެއްލޭނެ
20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިޚާބުވި މިނިވަން މެންބަރުންގެ މައްޗަށް އެންޓި ޑިފެކްޝަން ޤާނޫނުގައި ބުނާ ހާލަތްތައް އަދި ނުހިނގާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
25 Apr 2024
ދެ ކެނޑިޑޭޓަކަށް ލިބުނު ވޯޓުގެ ޢަދަދު ކައިރިވުމަކީ އަލުން ގުނަން ޖެހޭ ސަބަބެއް ނޫން - ފުއާދު ތައުފީގު
ދެ ކެނޑިޑޭޓަކަށް ލިބުނު ވޯޓުގެ ޢަދަދު ކައިރިވުމަކީ ވޯޓު އަލުން ގުނަން ޖެހޭ ސަބަބެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ. ރައްޔިތުން މަޖިލީހުގެ ވިހިވަނަ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފުއާދު ވިދާޅުވީ އީސީއިން ދެކޭގޮތުގައި ވޯޓު ފޮށްޓެއް އަލުން ގުނަން ޖެހެނީ ވޯޓުލާއިރު ނުވަތަ ގުނާއިރު ޤާނޫނާ ޚިލާފު ޢަމަލެއް ހިނގައިގެން ނުވަތަ ވޯޓު ގުނުމުގެ ތެރޭގައި ޝައްކު އުފެދޭ ކަމެއް ހިނގައިގެން ކަމަށެވެ.
25 Apr 2024
ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ނުގުނަން ނިންމައިފި
ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ޖެހޭފަދަ ހާލަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
23 Apr 2024
ތިނަދޫ ދާއިރާގެ ވޯޓުފޮށްޓެއް އަލުން ގުނަން ހުށަހެޅި މައްސަލައިގައި ބުރަދަނެއް ނެތް - އީސީ
މި މަހު 21 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ އިންތިޚާބުގެ ތިނަދޫ ދެކުނު ދާއިރާގައި ބެހެއްޓި ވޯޓު ފޮށްޓެއް އަލުން ގުނައިދިނުމަށް އެދުނު މައްސަލައިގައި ބުރަދަނެއް ނެތް ކަމަށާ އަލުން ގުނަން ޖެހޭ ފަދަޙާލަތެއް ނެތްކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
22 Apr 2024
އިންތިޚާބުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ - ބޭރުގެ އޮބްޒާވަރުން
އިންތިޚާބު އޮބްޒާރވްކުރައްވަން ވަޑައިގެންނެވި ބައިނަލްއަޤްވާމީ އޮބްޒާވަރުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އިންތިޚާބުގެ ކަންކަން ދިޔައީ ވަރަށް ހިތްހަމަ ޖެހޭ ގޮތަކަށް ކަމަށާއި ވޯޓުލާ މަރުކަޒުތަކުން ފެނުނީ ވަރަށް ތަހުޒީބު ބައެއް ކަމަށެވެ.
22 Apr 2024
ވޯޓަށް ލިބުނު ތަރުހީބުގައި މާބޮޑޫ ފަރަޤެއް ނެތް - އީސީ
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ވިހިވަނަ އިންތިޚާބުގައި، ވޯޓަށް ލިބުނު ތަރުހީބުގައިވެސް ކުރީގެ މަޖިލިސް އިންތިހާބުތަކާ އަޅައި ބަލާއިރު މާބޮޑު ފަރަޤެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
21 Apr 2024
ވޯޓު ދިނުމަށް ފަހު މަރުކަޒުން އަވަހަށް ނުކުތުމަށް އެދެފި
މިއަދު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ފަހު މަޑުނުކޮށް ވީހާވެސް އަވަހަށް ވޯޓުލާ މަރުކަޒުން ނުކުތުމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު އެދިވަޑައިގެންފިއެވެ.
21 Apr 2024
ވޯޓު ކަރުދާސް ދައްކާ ފަރާތްތަކާއި މެދު ޖިނާއީ ތަހުގީގުކޮށް ދައުވާ އުފުލާނެ
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ކަރުދާސް ދައްކާ ފަރާތްތަކާއިމެދު،ޖިނާއީ ތަހުގީގު ކުރެވި ދައުވާ އުފުލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ)ން ބުނެފިއެވެ.