ހުސައިން ޝަމީމް
15 Nov 2023
އެހެން މީހަކަށް ރިޔާސަތު ހަވާލުކުރެވޭނެ ގޮތެއް ވިދާޅުވެދެއްވަވާ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ މަޖިލިސް ތަޅުމުގައި ހުންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާ ރިޔާސަތު ހަވާލު ކުރެއްވި ގޮތާމެދު ސުވާލު އުފައްދަވައި އެކަން އޮޅުން ފިލުއްވައިދެއްވުމަށް އީވާ އެދިވަޑައިގެންފިއެވެ.
23 Oct 2023
"ނިމުނު ސަރުކާރުން ބިލުތައް ޚަލާސްކުރަން ޤާނޫނަކު ނެތް"
އާ ސަރުކާރުން ވެރިކަމާއި ހަވާލުވުމުގެ ކުރިން، ނިމުނު ސަރުކާރުން، އެ ސަރުކާރުގެ ޚަރަދުތަކާއި، ކުންފުނިތަކުން ދައްކަންޖެހޭ ބިލުތައް ދައްކާ ޚަލާސްކުރަން ޖެހޭނެކަމަކަށް އެއްވެސް ޤާނޫނެއްގައި ބަޔާންކޮށްފައި ނޯންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.
27 Sep 2023
"ސަރުކާރުގެ ދައުރު ނިމުނަސް މަގާމުން ވަތްކެއް ނުކުރެވޭނެ"
ރައީސުލްޖުމްހޫރިއްޔާއަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަތްކެއް ނުކުރެވޭނެ ކަމަށާއި، އަދި ސަރުކާރުގެ ދައުރު ނިމުނަސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު ނިމުމަކަށް ނާންނާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
23 Jun 2023
"ފުއްގިރި މައްސަލައިގެ ތާވަލް ހެދީ ދިފާއީ ވަކީލުންނާ މަޝްވަރާނުކޮށް"
ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ ޖުލައި ފުރަތަމަ ހަފްތާ އާ ދެވަނަ ހަފްތާއަށް ހަފްތާއަކު 3 ދުވަހު އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައިވަނީ ދިފާއީ ވަކީލުންނާ މަޝްވަރާ ނުކޮށް ކަމަށް އެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ދިފާއީ ވަކީލު، އަބްދުالله ޝިޔާޒް ވިދާޅުވެއްޖެއެވެ.
22 Jun 2023
އިދިކޮޅުން ބައްދަލުކުރިތާ މާ ގިނަ އިރުތަކެއް ނުވެ، ޝަމީމް ރައީސް އޮފީހަށް
އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރެލް ހުސައިން ޝަމީމްއާއި ބައްދަލުކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވެ، ޝަމީމް ރައީސް އޮފީހަށް ވަޑައިގެންފި އެވެ.
19 Jun 2023
ޕީޖީ މުވައްޒަފުން ތަޖުރިބާއަށް ހަތަރުދުވަހު އޮފީހަށް
ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ތަޖުރިބާއަކަށް ހަތަރު ދުވަހު އޮފީހަށް ނުކުންނަން ނިންމައިފިއެވެ.
07 Jun 2023
އެއް މެންބަރަކު އަނެއް މެންބަރަށް އިންޒާރު ދޭ މައްސަލަ!
"ހޭއަރުވާލާނެ" ކަމަށް ވިދާޅުވެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރަށް އިންޒާރު ދީފައިވާކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
06 Jun 2023
"އެއްލައްކަ ވޯޓު ހޯއްދެވި ބޭފުޅާއަށް ޕާޓީ ރަޖިސްޓްރީކުރަން ލިބުނީ 3400 ފޯމު"
ރައްޔިތުންގެ މެދުގައި މަޖިލީހުގެ ރައީސް އަދި އެމްޑިޕީގެ ރައީސް މުޙައްމަދު ނަޝީދުގެ މަޤުބޫލުކަން ވަރަށް ބޮޑަށް ގެއްލިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.