އީރާން/އެމެރިކާ ނުތަނަވަސްކަން
22 Jun 2026
އީރާނުން ދައްކަމުންދާ މޮޅު ކުޅުމާއެކު ޓްރަމްޕްގެ މީމްތަކުން މީސްމީޑިއާ ފުރާލައިފި
އީރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު އޮތް ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން، އީރާނު ޓީމަށް މި މުބާރާތުގައި ކުރިމަތިލާން ޖެހިފައިވަނީ އާދަޔާ ހިލާފު ގޮންޖެހުންތަކަކާއެވެ. އެމެރިކާގެ ބޯޑަރު ތެރޭގައި ކޭމްޕް ކުރުމުގެ ހުއްދަ ނުލިބުމުން، އީރާނު ޓީމުން ތިބެން ޖެހިފައިވަނީ މެކްސިކޯގައެވެ. ކޮންމެ މެޗަކަށް އެމެރިކާއަށް ދަތުރުކުރަނީ ވަރުގަދަ ސެކިއުރިޓީ ޗެކްތަކަކަށް ފަހުގައެވެ.
22 Jun 2026
އީރާނާއި އެމެރިކާގެ ތާރީޚީ މަޝްވަރާތައް ކާމިޔާބުކަމާ އެކު ނިންމާލައިފި
މި މަޝްވަރާތަކުގައި ދެ ފަރާތުން ވަނީ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވައިލަން އެއްބަސްވެފައެވެ. އެ ކޮމިޓީގެ ދަށުން ނިއުކްލިއާ މައްސަލައާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ވޯކިން ގްރޫޕްތައް ހިންގާނެއެވެ. އަދި އެއްބަސްވުން ތަންފީޒުވާ މިންވަރު ބެލުމަށް މޮނިޓަރިން އެންޑް ޑިސްޕިއުޓް ރެޒޮލިއުޝަން ގްރޫޕެއް ވެސް ގާއިމުކުރެވޭނެ ކަމަށް ބަޔާނުގައިވެއެވެ.
18 Jun 2026
ސުލްހައިގެ އެއްބަސްވުމާ އެކު ތެލުގެ އަގު ދެ އިންސައްތަ ދަށަށް
ބްރެންޓް ކްރޫޑް ފީފާއެއް 1.64 ޑޮލަރު (2.06 ޕަސެންޓް) ދަށަށް ގޮސް 77.91 ޑޮލަރަށް ވަނީ ވެއްޓިފައެވެ. އަދި ޔޫ.އެސް. ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް 1.80 ޑޮލަރު (2.34 ޕަސެންޓް) ދަށަށް ގޮސް ފީފާއެއް ވަނީ 74.99 ޑޮލަރަށް ވެއްޓިފައެވެ.
18 Jun 2026
އެމެރިކާއާއި އީރާނުން ސުލްހައިގެ އެއްބަސްވުމުގައި ސޮއިކޮށްފި
ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އީރާނުން ވަނީ 'ސްޓްރެއިޓް އޮފް ހޯރްމޫޒް' ވަގުތުން ހުޅުވާލުމަށް އެއްބަސްވެފައެވެ. އޭގެ ބަދަލެއްގެ ގޮތުން އެމެރިކާ އިން ވަނީ އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސްތައް ވަގުތުން އުވާލުމަށް ނިންމާފައެވެ.
17 Jun 2026
އިރާނުން ޑިމާންޑް ކުރަނީ 300 ބިލިއަން ޑޮލަރުގެ ފަންޑެއް: ރިޕޯޓް
އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ދަށުން، އީރާނުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން 300 ބިލިއަން ޑޮލަރުގެ ޕްރައިވެޓް ފަންޑެއް ގާއިމުކުރުމަށް ހިމަނާފައިވާ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.
15 Jun 2026
އެމެރިކާ އާއި އީރާން ސުލްހައިގެ ވާހަކަތައް ފަށަން ނިންމުމުން ދިވެހި ހާރިޖިއްޔާގެ މަރުހަބާ
ހާރިޖިއްޔާގެ ބަޔާނުގައި ވަނީ، ދެ ޤައުމުން ޑިޕްލޮމަސީގެ މަގު ހިޔާރުކޮށް މިހާރު ހުރި ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް ނިންމައި، މަޝްވަރާގެ މަގުން ކުރިއަށްދިއުމަށް ދެ ފަރާތުން ދެއްކި ސާބިތުކަމަށްޓަކައި ދިވެހިރާއްޖެއިން އެކަން ބަލައިގަނެ އެކަމަށް ތައުރީފްކުރާކަމަށެވެ
08 Jun 2026
އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށައިފި
އިސްރާއީލްގެ ޑިފެންސް މިނިސްޓްރީން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފައިވަނީ، އީރާނުން ބެލަސްޓިކް މިސެއިލް މެދުވެރިކޮށް ހަމަލާދޭން ފަށާފައިވާކަމަށެވެ
06 Jun 2026
ވަރލްޑްކަޕްގައި ވާދަކުރާ އީރާނުގެ ކުޅުންތެރިންނަށް އެމެރިކާއިން ވިސާ ދީފި
އީރާން ޓީމްގެ ކުޅުންތެރިންނަށް ވިސާ ލިބުނު ނަމަވެސް ޓީމުގެ ބައެއް ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންނަށް އަދިވެސް ވިސާ ދޫކޮށްފައި ނުވާކަމަށް އީރާނުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
06 Jun 2026
ސަރަހައްދުގައި ހުރި އަދުއްވުންގެ މަރުކަޒުތަކަށް އީރާނުގެ މިސައިލް ހަމަލާއެއް
އަލްޖަޒީރާއިން ބުނީ އީރާނުގެ ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި އަސްކަރީ ރާޑަރުތައް ހިމެނޭކަމަށެވެ. މި ހަމަލާތައް ކާމިޔާބުކަމާއެކު އޭގެ އަމާޒަށް ވާސިލްވިކަމަށްވެސް އަލް ޖަޒީރާއިން ވަނީ ބުނެފައެވެ
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.