އެމް.ޑީ.އޭ
14 Jul 2023
"ރައީސް ޞާލިހަށް ވައުދުތައް ފުއްދުނީ ބަސް މަދުކޮށްފައި އަމަލު ގިނަކުރީމަ"
ސިޔާސީ މައިދާނުގައި 5 ރައީސުންނާއެކު މަސައްކަތްޕުޅު ކުރެވިއްޖެ ކަމަށާއި، އެހެން ނަމަވެސް ވައުދުތައް އެންމެ ބާރު ސްޕީޑުގައި ފުއްދަވަމުން ގެންދެވި ލީޑަރެއްގެ ގޮތުގައި ފާހަގަކުރެއްވެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ޝިޔާމު މުޙައްމަދު ވިދާޅުވެއްޖެ އެވެ.
13 Jul 2023
"ބެލީ ރައީސް ޞާލިހު ކުރައްވަނީ ހެޔޮވެރިކަމެއްތޯ"
2018 ވަނަ އަހަރުގެ އިންތިޚާބަށް ފަހު އެމްޑީއޭ ހަމަހިމޭނުން ތިބީ ނޫން ކަމަށާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ވެރިކަން ހަވާލުކުރުމަށްފަހު އެމަނިކުފާނު ކުރައްވަނީ ހެޔޮވެރިކަމެއްތޯ ނޫނީ އެމަނިކުފާނު ކުރައްވަނީ އަނިޔާވެރި ވެރިކަމެއްތޯ ބަލަމުން ގެންދިޔައިީ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
10 Jul 2023
"އުފާވެރި ރާއްޖެއެއް ލިބޭނީ ރައީސް އާއި އެކު ކަމަށް ދިވެހިން ގަބޫލު ކުރޭ"
ދިވެހިން ބޭނުން ވަނީ އުފާވެރި އަމާން މުސްތަޤްބަލެއް ކަމަށާއި އެމްޑީޕީ ކޯލިޝަނުން ބޭނުންވަނީ އަމާން އުފާވެރި ރާއްޖެއެއް ކަމަށް ދާޚިލީ ވަޒީރު އަދި އެމްޑީޕީ ކޯލިޝަންގެ އެއް ބައިވެރިޔާ ޢަދާލަތު ޕާޓީގެ ރައީސް ޝެއިޙް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
02 Apr 2023
ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދައްކަން ޝިޔާމުގެ ކުންފުންޏަށް ކުރި އަމުރު މަޑުޖައްސާލައިފި
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް އިން ހިލްޓަންއަށް 24 މިލިއަން ޑޮލަރު 14 ދުވަސްތެރޭ ދެއްކުމަށް ސިވިލްކޯޓުން ކުރި އަމުރު ތަންފީޒުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ނެރެދީފި އެވެ.
22 Mar 2023
"ފުރަތަމަ ބުރުން ރައީސް ޞާލިހު ވެރިކަމަށް ގެންނާނަން"
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދިވެހި ރާއްޖޭގެ ވެރިކަމަށް ގެންނާނަނެ ކަމަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.
22 Mar 2023
މިހާރުވެސް މިތިބީ ރޭހުގެ ކުރީގަ: ޢިމްރާން
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމަނިކުފާނާއި ކޯލިޝަން ހެއްދެވި ޕާޓީތައް މިހާރުވެސް އުޅުއްވަނީ ރޭހުގެ ކުރީގައި ކަމަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދުމަށް ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
21 Mar 2023
ރައީސް ޞާލިޙް އައު ކޯލިޝަނާއި ބައްދަލުކުރައްވައިފި
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އައު ކޯލިޝަންގެ އިސްލީޑަރުންނާއި މުލިއާގޭގައި ބައްދަލުކުރައްވައިފިއެވެ.
05 Mar 2023
"އެމްޑީއޭ ހިމެނޭ ކޯލިޝަން ސަރުކާރުން ފުދުންތެރިކަން ގެންނާނެ"
މި އަހަރުގައި އުފެދިގެން އަންނަ، އެމްޑީއޭ ހިމެނޭ ކޯލިޝަން ސަރުކާރު ވެގެންދާނީ ދިވެހި ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދޭނެ ސަރުކާރަކަށް ކަަމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.