ޢަލީ ޢާޡިމް
06 Feb 2023
ޓެކްސް ބިލަށް ވޯޓު ނުދިނުމުން ޢާޒިމަށް ނަސޭހަތްދީފި
ޓެކްސް ބިލަށް ވޯޓު ދިނުމުގައި ޕާޓީގެ ވިޕްލައިނާއި ޚިލާފްވި ކަމަށް ބުނެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމަށް ނަސޭހަތްތެރިވެ ސިޓީ އެއް ފޮނުވައިފިއެވެ.
18 Dec 2022
ރައީސް ނަޝީދު ރަށުގައި ނެތިސް ޕްރައިމަރީ އަށް އިއުލާން ކުރުމުން އާޒިމްގެ ނުރުހުން
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު، ރަށުގައި ނެތިސް، ޕްރައިމަރީ އަށް އިއުލާން ކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ނުރުހުން ފާޅުކުރައްވައިފިއެވެ.
21 Nov 2022
"މަހުގެ މިހިސާބު މަދު މީހެއްގެ އަތުގައި ނޫނީ 100 ރުފިޔާވެސް ނޯންނާނެ"
މަހުގެ މިހިސާބަށް އަންނައިރު މަދު މީހެއްގެ އަތުގައި ނޫނީ 100 ރުފިޔާވެސް ނޯންނާނެ ކަމަށާ އެމީހުން ދިރިއުޅެމުންދަނީ ސަލާން ޖަހައިގެން ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
16 Nov 2022
"ބައެއް މެމްބަރުންގެ ހަތަރެސްފައި ބަނދެ ރައީސް އޮފީހުގައި އޮންނަނީ ވާ ޖަހާފައި"
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ކޮންޓްރޯލުކުރަމުންދަނީ ރައީސް އޮފީހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
24 Oct 2022
"ޓެކްސް ބޮޑު ނުކޮށް އާމްދަނީ އިތުރު ކުރާނެ ގޮތެއް ވިދާޅެއް ނުވެވުނު
ރައްޔިތުން އަތުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ބޮޑުކޮށްގެން ނޫނީ ދައުލަތަށް އާމްދަނީ ހޯދޭނެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅުއްވާކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ވާހަކަފުޅުން ހާމަވެއްޖެއެވެ.
19 Oct 2022
ތްރީލައިން ވިޕެއް ނެރުމުން އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލް އޮތް ގޮތަށް ފާސް ކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރުމުން އެޕާޓީގެ މެދު ހެންވޭރު ދާއިރާގެ މަޖިލީސް މެންބަރު އަލީ އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
04 Oct 2022
"ވެހިކަލެއް ނެތް ރަށްރަށުގައިވެސް ޑްރައިވަރުން އެބަތިބި، ސަރުކާރުން މުސާރަ ދޭ"
ސަރުކާރު ހިންގުމަށް ރައްޔިތުންގެ އަތުން ފައިސާ ނަގަމުންދާއިރު ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން ފާހަގަކުރައްވާ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
14 Sep 2022
"ފުޓްބޯޅައިގެ ފޭރާން ވީދި ހަލާކުވެ ދާއިރުވެސް ތިޔަ ތިބެނީ ބަލަހައްޓައިގެން"
ދިވެހިން އެންމެ ލޯބިވާ ކުޅިވަރު، ފުޓްބޯޅައިގެ ފޭރާން ވީދި ހަލާކުވެގެން ދާއިރުވެސް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހުންނަވަނީ ބަލަހައްޓައިގެން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކަންބޮޑުވުން ފާޅުކޮށްފިއެވެ.