ޙަސަން ލަޠީފް
28 Jan 2023
ލ. މުންޑޫގައި ވޯޓުލާން ފެށީ ނަޝީދުގެ މަންދޫބުން ނެތި: ހަސަން ލަތީފު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު 9:00 ގައި ފަށާފައިވާއިރު، ލ. މުންދޫގައި ވޯޓުލާން ފެށީ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއް ނެތިކަމަށް މި އިންތިޚާބުގައި އެމަނިކުފާނަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
03 Dec 2022
"ނަޝީދާއި މެދު އިޔާޒު ނުރުހުމަކީ، ނަޝީދަށް ވޯޓު ދޭނެ ސަބަބެއް"
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި މެދު ޑރ މުހައްމަދު އިޔާޒު ނުރުހުމަކީ ނަޝީދަށް އޮތް ތާއީދު އިތުރުވެގެންދާނެ ކަމެއްކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރ ޕާރސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
15 Nov 2022
މި ސަރުކަާރުން ދެވަނަ ދައުރެއްގެ ވާހަކަދައްކަން ހެޔޮނުވާނެ: ހަސަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ރައްޔިތުންނަށް އަންގަންޖެހޭ ކަންކަން ނާންގައި، ހައްލު ކުރަންޖެހޭ ކަންކަން ހައްލު ނުކޮށް، ދެވަނަ ދައުރެއްގެ ވާހަކަ ދެއްކެވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
12 Nov 2022
"ސަރުކާރަށް ލިބެން ޖެހޭ 15 ބިލިއަން ހޯދަން މަސައްކަތް ނުކޮށް ޓެކްސް ބޮޑުކުރުމަކީ ބޭއިންސާފެއް"
އެކި ގޮތްގޮތުން ސަރުކާރަށް ލިބެންޖެހޭ 15 ބިލިއަން ހޯދަން މަސައްކަތް ނުކޮށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
18 Oct 2022
"ރަބަރު ސްޓޭމްޕު ޖަހާ އުސޫލުން ޓެކްސް ބިލް ފާސްކޮށްގެން ނުވާނެ"
ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ހުށައަޅާފައިވާ ބިލު މަޖިލީހުން ރަބަރު ސްޓޭމްޕު ޖަހާ އުސޫލުން ފާސްކޮށްގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
04 Oct 2022
އަޒުހާން ހޯދުމަށް އެދެވޭ މަސައްކަތްތަކެއް ނުކުރާ ކަމުގެ ކަންބޮޑުވުން!
ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު މުހައްމަދު އަޒުހާން ހޯދުމުގައި ފުލުހުން އެދެވޭ ވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށްބުނެ އެމްޑީޕީ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
04 Oct 2022
"މަރާއި ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީއިން ވިޕްލައިން ނެރުމުން ލަދުގަނެއްޖެ"
މަރާއި ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕްލައިން ނެރެފައިވާކަމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހާމަކުރައްވާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
28 Sep 2022
އަމީނީމަގު ހަދަން ގަސްކަނޑާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަމުންދާ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަަޅައިފިއެވެ.