ޙަސަން ލަޠީފް
01 Jun 2023
"ދަ ޑިމޮކްރެޓްސް" ރެޖިސްޓާރ ކުރަން ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަށް ތާއީދު ކުރައްވާ މެންބަރުން އުފައްދަވާ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރަން 3,500 އަށްވުރެ ގިނަ މީހުންގެ ފޯމް އިލެކްޝަންސް އަށް ހުށަހަޅައިފިއެވެ.
24 May 2023
"ރައީސް ޞާލިހަކީ މިވަގުތު ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް"
ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ މިވަގުތު ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
22 May 2023
"ދަ ޑިމޮކްރަޓްސް" ގެ މަގްސަދަކީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމެއް ނޫން"
"ފިކުރެއްގެ ދިރުން" ގޮފީގެ މެމްބަރުންގެ ފަރާތުން އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރަޓްސް" ގެ މަގްސަދަކީ ދިވެހި ރާއްޖެއަށް ބަރުލަމާނީ ނިޒާމު ކޮންމެހެން ގެނައުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.
21 May 2023
"ދަ މިމޮކްރެޓްސް އުފެއްދުމުގެ ހުރިހާކަމެއް ކުރީ ނަޝީދަށް އެނގިގެން"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ވަކިވެ "ދި ޑިމޮކްރެޓްސް ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށައެޅުމުގެ ހުރިހާކަމެއް ކުރިއަށް ގެންދިޔައީ ރައީސް މުޙައްމަދު ނަޝީދުގެ ލަފާފުޅު ހޯއްދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
21 May 2023
"ދި ޑިމޮކްރެޓްސް ގެ ކެންޑިޑޭޓެއް ނުކުންނާނެ"
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އަލަށް އުފައްދަވާފައިވާ "ދި ޑިމޮކްރެޓްސް" އިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
21 May 2023
"ޕާޓީ އުފެއްދީ ރައީސް ނަޝީދުގެ ފެނިވަޑައިގަތުމުގެ ބޭރުންނެއް ނޫން"
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އަލަށް އުފައްދަވާފައިވާ "ދި ޑިމޮކްރެޓްސް" ޕާޓީއާއި އެމަނިކުފާނު ގުޅިވަޑައިގަންނަވާނެ އިރެއް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށް ކަމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
22 Mar 2023
"ބަލި ޤަބޫލުކޮށް އަސާސީ ޤަވައިދާ ޚިލާފުނުވުމަށް ނަޝީދަށް ވިސްނައިދީ"
އެމްޑީޕީގެ ޕްރައިމަރީ ނިމި ޕާޓީގެ ކެންޑިޑޭޓެއް ކަނޑައެޅުއްޖެ ކަމަށާއި، ބަލި ޤަބޫލުކުރައްވާ ޕާޓީގެ އަސާސީ ޤަވައިދާއި ޚިލާފުނުވުމަށް ނަސޭހަތްތެރިވެ ދިނުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފުގެ އަރިހުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެދިވަޑައިގެންފި އެވެ.
14 Mar 2023
"ސަރުކާރުގެ މަގުސަދަކީ ރިޔާސީ އިންތިޚާބު ސިއްރިއްޔާތުގައި ބޭއްވުން"
އިންތިޚާބާއި ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ރާއްޖޭގެ ރައްޔިތުންނަށް އިންތިޚާބާއި ބެހޭ މައުލޫމާތު ނުދީ އިންތިޚާބު ސިއްރިއްޔާތުގައި ބޭއްވުމަށް ކުރާ މަސައްކަތެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.