މުޙައްމަދު ވަޙީދު
06 Jun 2023
"ރައީސް ޞާލިހުގެ އާއިލާ ލައްވާ މަޖިލިސް ކޮންޓްރޯލް ކުރަން އުޅޭ"
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޅިޔަނު، އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި، އެމަނިކުފާނުގެ ކޮއްކޯފުޅު، އަދި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ލައްވާ މަޖިލިސް ކޮންޓްރޯލް ކުރުވަން އުޅޭ ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ތުހުމަތު ކުރައްވައިފިއެވެ.
05 Jun 2023
"ބިންގާ އަޅުއްވާ ރައީސަކަށް ނުވާނަމޭ ވިދާޅުވިޔަސް އެކަން ކުރައްވަނީއެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ބިންގާ އަޅުއްވާ ރައީސަކަށް ނުވާނަމޭ މީގެ ކުރިން ވިދާޅުވަމުން ދިޔަ ނަމަވެސް، މިހާރު ފެންނަމުންދަނީ ބިންގާ ތަކެއް އަޅުއްވާ ތަން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ފާޑުވިދާޅުވެއްޖެ އެވެ.
03 Jun 2023
"ރާއްޖެއަށް ކާމިޔާބީއެއް ހޯދައިގެން އައިސް ފިލި ބަޔަކު މި ނޫނީ ނެތް"
ދިވެހިރާއްޖެއަށް ކާމިޔާބީއެއް ހޯދައިގެން އެނބުރި ވަޑައިގެން ރައްޔިތުންނަށް ފިލި ބައެއް މި ސަރުކާރު ނޫނީ ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
29 May 2023
"ކުރި ވައްކަން ނުބަލާ ލަދު ހަޔާތަށް ޒީރޯ ޓޮލަރެންސް ދިނީމާ "ޗޯރު އިބުރޭ" ގޮވާނެ"
މި ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަށް ނުބަލާ، ވައްކަމާއި ކޮރަޕްޝަނަށް ދެއްވާނެކަމަށް ވިދާޅުވި ޒީރޯ ޓޮލަރެންސް ޕޮލިސީ ތަންފީޒު ނުކުރައްވާ ހުންނެވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ނިސްބަތްކޮށް "ޗޯރު އިބުރޭ" އޭ ކިޔައި ގޮވާނެކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
21 May 2023
"ރައީސް ޞާލިހު ހުންނެވީ ކުރެއްވި ހުވައާ ޚިލާފުވެވަޑައިގެން"
ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހުންނެވީ އެމަނިކުފާނު ކުރެއްވި ހުވަޔާ ޚިލާފުވެވަޑައިގެންކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
15 May 2023
"ޤާނޫނުގައި ކަނޑައަޅާފައި އޮތް އިން ދިފާއުނުކުރީ ކީއްވެހޭ؟"
ޗާގޯސްގެ ކަނޑުގެ ސަރަހައްދާއި މެދު ގޮތެއް ނިންމުމަށް ވަކާލާތު ކުރިއިރު، ގާނޫނުއަސާސީއާއި ޤާނޫނުގައި ދިވެހިރާއްޖެ އިމުގެ ގޮތުގައި ކަނޑައަޅާފައި އޮތް ސަރަހައްދު އެންމެ ފަހަރަކުވެސް ދިފާއުނުކުރީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ސުވާލުކުރައްވައިފިއެވެ.
12 May 2023
"އިތުބާރު ނެތްކަމަށް މަޖިލިސްއަށް ހުށައެޅުން ވެސް މިވީ ކުށެއްގޮތުގައި"
ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލިސްއަށް ހުށައެޅުން ވެސް ކުށެއްގޮތުގައި ބަލާ ހިސާބަށް އެމްޑީޕީ ހިގައްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
03 May 2023
"ސަރުކާރަށް "ހަންފަތުރައިދޭ" އެއްޗަކަށް މީޑިއާ ވުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުން"
ސަރުކާރަށް ހަންފަތުރައިދޭ އެއްޗަކަށް މީޑިއާ ވެގެން ދިއުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެން ދިއުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.