މުޙައްމަދު ވަޙީދު
17 Feb 2023
"މިއަދު ވެރިކަން ކުރަމުން ދަނީ ހެޔޮވެރިކަމާއި ދިމާ އިދިކޮޅަށް"
އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރުން މިއަދު ވެރިކަން ކުރަމުން ދަނީ "ހެޔޮވެރިކަމާ" ދިމާ އިދިކޮޅަށް ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
16 Feb 2023
ޑްރަގް އަކީ ވެރިންގެ ވިޔަފާރި: ޝިފާ
ޑްރަގް އަކީ ވެރިންގެ ވިޔަފާރި ކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
15 Feb 2023
"މި ވެރިކަން ގެންނަން މިސްކިތަށް އަރާ ދުއާވެސް ކުރިން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ގެނައުމަށް ވަރަށް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށާ އެހެންނަމަވެސް، މިއަދު ސަރުކާރުގެ ތެރެއިން ފެންނަމުން ދަނީ ބާރާއި ނުފޫޒު ބޭނުންކޮށް ކުރިން ދެކޮޅު ހެދި އެތައް ސިފަތަކެއް އަލުން އިޔާދަ ވާ މަންޒަރުކަމަށް މަޖިލީހުގެ އަނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
09 Feb 2023
"އަސްލަމް އައްޑޫއަށް ބަދަލު ވުމަކީ ލާމަރުކަޒީ ވިސްނުންފުޅެއްތޯ؟"
އައްޑޫ ސިޓީ މޭޔަރަކާއި ކައުންސިލެއް އޮތް އިރު، މަގު ހެދުމުގެ މައްސަލަތައް ހައްލު ކުރަން ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް އެ ރަށަށް ދުވަސް ކޮޅަކަށް ބަދަލުވާތީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ފާޑުވިދާޅުވެއްޖެއެވެ.
08 Feb 2023
"މަޖިލިސް މެމްބަރުންގެ ޒިންމާތަކަށް ހުރަސްއަޅަނީ ސަރުކާރުން އަންގައިގެން"
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގާނޫނީ ޒިންމާއަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަޝިޕުން ހުރަސްއަޅަމުން ދަނީ ސަރުކާރުން އަންގައިގެން ކަމަށާއި، އެއީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
06 Feb 2023
"ރައީސް ޞާލިހު އިއްވަވާ ރިޔާސީ ބަޔާނާއި އަމަލާއި ދިމަލެއް ނުވޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިއްވަވާ ރިޔާސީ ބަޔާނާއި، އެމަނިކުފާނުގެ އަމަލުތަކާއި ދިމާނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
30 Jan 2023
ޤިޔާމަތް ދުވަހަށް ބިރުވެތި ވުމަށް ޢިމްރާން އަށް ވަހީދު ނަސޭހަތްތެރިވެއްޖެ
ޤިޔާމަތް ދުވަހަށް ބިރުވެތި ވުމަށް ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން އަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ނަސޭހަތްތެރިވެއްޖެއެވެ.
29 Jan 2023
"މައުމޫން އިންތިހާބު ކާމިޔާބު ކުރެއްވީ މާ މަދު ސިޔާސީ މަގާމު އުފައްދައިގެން"
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ބާއްވަމުން އައި އިންތިހާބެއްގައި އެމަނިކުފާނު 93 އިންސައްތަ ހޯއްދެވީ މާ މަދު ސިޔާސީ މަގާމުތައް އުފައްދަވައިގެން ކަމަށް ވިދާޅުވެ، ރ.އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)، އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި އެ އިންތިޚާބާއި، އަޅައިކިޔުއްވައިފިއެވެ.