މުޙައްމަދު ވަޙީދު
10 Jul 2023
ރަށްރަށަށް ތަރައްޤީ ގެންނާނީ އެރަށެއްގެ ރައްޔިތުންނަށްޓަކައި: ވަހީދު
ރަށްރަށަށް ގެންނަ ތަރައްޤީ ގެންނާނީ އެރަށެއްގެ ރައްޔިތުންނަށް ޓަކައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.
05 Jul 2023
"ކޮންމެ ކުއްޖަކަށް ލިބުނީ ދެލައްކަ އަށްވުރެ ބޮޑު ދަރަންޏެއް"
އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮއްޓެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެލެެއްވި ވައުދު ނުފުއްދުނު ކަމަށާއި، ދައުރު ނިމެނޭއިރު ކޮންމެ ކުއްޖަކަށް ލިބުނީ ބޮޑު ދަރަންޏެއް ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
03 Jul 2023
"ރައީސްގެ ޢާއިލާއަށް ފައިސާ ލިބުނުކަމަށް އަދީބު ބުނާ މެސެޖްތައް އެބަހުރި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޢާއިލާގެ ބޭފުޅުންނަށް، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ މެސެޖު، މަޖިލީހުގައި އެބަހުރި ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
02 Jul 2023
"އަދީބު ފުރުވަން މިހާތަނަށް ހުއްދަ ދީފައެއް ނެތް"
ކުރީގެ ނާއިބު ރައީސް އަދި އެމްއެމްޕީއާރުސީ ޚިޔާނާތުގެ މުގުލުގައި ހުންނެވި އެކެއް ކަމުގައިވާ އަހުމަދު އަދީބު، މާދަމާ ރާއްޖެއިން ބޭރަށް ފުރަން އަދި މިހާތަނަށް ހުއްދަ ދީފައިނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.
02 Jul 2023
މާދަމާ، އަދީބު ރާއްޖެއިން ބޭރަށް ފުރުވާލާނެ: ވަހީދު
ކުރީގެ ނާއިބު ރައީސް އަދި އެމްއެމްޕީއާރުސީ ޚިޔާނާތުގެ މުގުލުގައި ހުންނެވި އެކެއް ކަމުގައިވާ އަހުމަދު އަދީބު، މާދަމާ ރާއްޖެއިން ބޭރަށް ފުރުވާލާނެ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
27 Jun 2023
"ވުޖޫދުގައި ނެތް ކަންކަމާ ގުޅުވައި ކަލަގޮވުން ނޫންކަމެއް ނުކުރޭ"
ވުޖޫދުގައި ނުވެސް ނެތް ކަންކަމާ ގުޅުވައިގެންވެސް ކަލަގޮވުން ނޫންކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ނުކުރާ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
24 Jun 2023
"ސަރުކާރުން އަތޮޅުތެރެ ތަރައްޤީކުރަން ރަށަކަށް ބިލިއަނެއް ޖެހޭހާ ފައިސާ ތަޅާ ބާލައިފި"
ސަރުކާރުން އަތޮޅުތެރޭގެ ރަށްތައް ތަރައްޤީކުރަން ކަމަށް ބުނެ ރަށަކަށް ބިލިއަނެއް ޖެހޭހާ ފައިސާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު "ތަޅާ ބާލައިފި" ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
19 Jun 2023
"ކުރިންވެސް، މިހާރުވެސް ޕާޓީ އުފައްދަން ދަތި ކުރަނީ ރައީސުލްޖުމްހޫރިއްޔާ"
މީގެ 18 އަހަރު ކުރިންވެސް އަދި މިހާރުވެސް، ޕާޓީ އުފައްދަން ދަތިވީ ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.