ހަބަރު
13 Jun 2024
ޖޭއެސްސީ ބިލު ދެން ހުށަހަޅާނީ މަޝްވަރާކޮށްފައި - ބަންޑާރަ ނައިބު
ބަންޑާރަނައިބުގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އުޝާމު ވިދާޅުވީ، ކުރީ ސަރުކާރުން ޖޭއެސްސީ އިސްލާހުކުރުމަށް ހުށަހެޅި ބިލުގައި ޖޭއެސްސީ އެކުލަވައިލަން ހުށަހަޅާފައިވާ ގޮތަކީ އެންމެ ރަނގަޅު ގޮތް ގަބޫލު ނުކުރައްވާ ކަމަށެވެ. ކުރިން ޖޭއެސްސީ އިސްލާހުކުރުމަށް ހުށަހެޅި ބިލު ހުށަހަޅާފައިވަނީ އެކަށީގެންވާ މިންވަރަށް މަޝްވަރާ ކުރުމަށް ފަހު ކަމަށް ޤަބޫލުފުޅު ނުކުރެވޭކަން ފާހަގަ ކުރައްވާ އުޝާމް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ބޭނުންވަނީ އެކަށީގެންވާ ވަރަށް މަޝްވަރާ ކުރުމަށްފަހު، އެންމެ ރަނގަޅު ހައްލެއް އެކަމަށް ގެނެވޭނެ ގޮތަކަށް ބިލު އެކުލަވާލުމަށްފަހު މަޖިލީހަށް ހުށަހަޅަން ކަމަށެވެ.
13 Jun 2024
އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފި
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައި ވާކަމަށެވެ.
13 Jun 2024
2028 ވަނަ އަހަރުގެ ނިޔަލަށް، ސަރުކާރުން 213 ބިލެއް މަޖިލީހަށް ހުށަހަޅަން ނިންމައިފި
މިއަދު ބަންޑާރަ ނައިބުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ސަރުކާރުގެ ފަރާތުން 15 މައުލޫއަކާ ގުޅޭގޮތުން 213 ބިލެއް ހުށަހަޅަން ނިންމާފައިވާކަމަށެވެ..
13 Jun 2024
ހިޔާ ފްލެޓުގައި ފޭރޭ މީހުންގެ ތެރެއިން 2 މީހަކު ދޫކޮށްލައިފި
އަންހެނުންތަކެއް, ފިިރިހެނުން ހައްލައިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓަކަށް ވައްދައިގެން ފޭރޭ މައްސަލައިގައި ހައްޔަރު ކުރި 7 މީހުންގެ ތެރެއިން 2 މީހަކު ފުލުހުން ދޫކޮށްލައިފިއެވެ.
13 Jun 2024
ޓްރާންްސްޕޯޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ނިޔާވެއްޖެ
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ބާހިޒު ޝަފީޤު ނިޔާވެއްޖެއެވެ. އޭނާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލް ގައި ފަރުވާ ދެމުން ދަނިކޮށެވެ.
13 Jun 2024
އެމްއޭސީއެލް ގެ ވެހިކަލް ވަގަށް ނެގި މީހާގެ ނަމުގައި 100 ވެހިކަލް!
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބާއްވާފައި އޮތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ވެހިކަލެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ފަރާތުގެ ނަންމަތީގައި 100 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
13 Jun 2024
މާލޭގައި އީދު ވެދުމާއި ދިޔުން ރައީސް ޑރ.މުޢިއްޒުގެ އަރިހަށް!
ކުރިއަށް އޮތް އަޟްހާ އީދުގައި މާލޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް ޢީދު ވެދުމާއި ދިޔުން އޮންނާނެ ކަމަށް ނޭޝަނަލް ސެންޓަރ ފޯ އާޓްސް (އެންސީއޭ) އިން ހާމަކޮށްފިއެވެ.
13 Jun 2024
އޭލެވެލް އިމްތިހާނަށް ސަރުކާރުން ފީ ދައްކައިދޭ އުސޫލަށް ބަދަލެއް
މަތީ ސާނަވީ ނިންމާ އިމްތިހާނު ތަކުގައި ދަރިވަރުން ބައިވެރިވުމަށް ދައްކަން ޖެހޭ ފީ ސަރުކާރުން ދައްކައިދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.
13 Jun 2024
ހުޅުމާލެ އިން މަސްވެރިންނަށް ވިއްކާ ޑީސެލް ގެ އަގު ހެޔޮކޮށްފި
ހުޅުމާލެ އިން މަސްވެރިންނަށް ވިއްކާ ޑީސެލް ގެ އަގު ހެޔޮކޮށްފިއެވެ.
13 Jun 2024
މަސްވެރިންގެ ފައިސާގެ ތެރެއިން 46 މިލިއަން ރުފިޔާ މިއަދު ދޫކުރަނީ
ސަރުކާރުގެ މަސްކުުންފުނި، މިފްކޯއިން މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން 46 މިލިއަން ރުފިޔާ މިއަދު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.