13 Jun 2024
ކަންނެލި މަސްވެރިންގެ މަސްލަހަތު ގެއްލޭހެން ލޭނު މަސްވެރިކަމަށް ފުރުޞަތު ނުދޭނަން
ކަންނެލި މަސްވެރިންގެ މަސްލަހަތު ގެއްލޭގޮތަަށް ލޭނު މަސްވެރިކަމަށް ފުރުޞަތު ނުދެއްވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
12 Jun 2024
މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީއިން ނޫސްބަޔާނެއް ނެރެފިއެވެ.
12 Jun 2024
"ޖަޒީރާ" ޓެލެގްރާމް ޗެނަލް މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
ތަފާތު ބޮޑެތި ކުށްތަކަކަށް އަރައިގަތުމަށް "ޖަޒީރާ" ނަމުގައި ހިންގަމުން ދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕީޖީ އޮފީހުން ބުނީ ދައުވާތަކާ ގުޅިގެން އެ ތިން މީހުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 9,495,685.55 ރުފިޔާ ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ.
12 Jun 2024
މަސްވެރިން ކުރަމުންދަނީ ވަރަށް ސުލްހަވެރި އިހުތިޖާޖެއް، މަސްލަހަތު ގެއްލޭފަދަ ކަންކަން ނުކުރައްވާ: ވަޒީރު ޝިޔާމް
ނޫހަކުން، ލިޔެފައިވާ ޚަބަރަކަށް ރައްދު ދެއްވަމުން، ވަޒީރު ޝިޔާމު އެކްސްގައި ކުރެއްވި ޕޯސްޓެއްގަިއ ވިދާޅުވީ، ބޮޑު ކަންނެލި ޔޫނިޔަނުން އިސްނަގައިގެން ބޮޑުކަންނެލި މަސްވެރިން ކުރަމުންދަނީ ވަރަށް ސުލްހަވެރި އިހުތިޖާޖެއްކަމަށެވެ. އަދި މުޒާހަރާ ކުރަމުންދާ، ޔޫނިޔަންގެ އިސްވެރިންނާ މުއާމަލާތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
12 Jun 2024
ޖޭއެސްސީގެ ރައީސްކަމަށް މެންބަރު ރިޟާ
ޖުޑީޝަލް ސަރވިސް ކޮމިޝަން، (ޖޭއެސްސީ)ގެ ރައީސްކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު އަލްއުސްތާޛް ޙުސައިން ރިޟާ އިންތިޚާބުކުރައްވައިފިއެވެ. މެންބަރު އަލްއުސްތާޛް ޙުސައިން ރިޟާއަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މީގެކުރިން ކްރިމިނަލް ކޯޓުގެ އެޑްމިނިސްޓްރޭޓާގެ މަޤާމުވެސް އަދާކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
12 Jun 2024
އދ. އިން ކުރި މިނިވަން ތަޙްޤީޤު: އިޒްރޭލު، ކުށްވެރިކުރެވޭ އެތައް ޖަރީމާތަކެއް
ފަލަޞްޠީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް، މިނިވަން ދެ ފަރާތަކުން ތަޙްޤީގު ކުރުމަށްފަހު، މިއަދު ނެރުނު ރިޕޯޓުގައި ވަނީ އިޒްރޭލު، އެތައް ގޮތަކުން ކުށްވެރިވާކަމަށް ބުނެފައެވެ. އެގޮތުން، ހަމައެކނަި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން، އެ އަހަރު ނިމުމާ ހަމައަށް، އަލިއަޅުވާލާފައިވާ މި ރިޕޯޓުގައި ވަނީ، އެ 12 ހަފްތާގެ ތެރޭގައި މީހުން މެރުމާއި، ޖިންސީ އަނިޔާ ކުރުމާއި، ގަދަ ކަމުން މީހުން އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުވުމާއި، ގަސްތުގައި އަނިޔާ ކުރުން، އަދި މުޖުތަމަޢެއް ނައްތާލަން މަސައްކަތް ކުރުން ފަދަ އެތައް ޖަރީމާ ތަކެއް ހިންގި ކަން ސާބިތުކަމަށް، ބުނެފައެވެ.
12 Jun 2024
ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 20 އަހަރުގެ އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
12 Jun 2024
ފަލަސްތީން ފަންޑަށް އެމްއެންޑީއެފުން 2.1 މިލިއަން ރުފިޔާގެ އެހީއެއް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެދިލެއްވުމުގެ މަތިން ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ކުރިއަށްގެންދާ "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަށް ގައުމީ ދިފާއީ ބާރުގެ ފަރާތުން 2.1 މިލިއަން ރުފިޔާގެ އެހީއެއް ފޯރުކޮށްދީފިއެވެ.