07 May 2024
ތުއްތު ކުއްޖަކަށް އެކަށީގެންނުވާ ގޮތަށް ފަރުވާދިން ކަމަށްބުނާ ވާހަކަތައް އައިޖީއެމްއެޗުން ދޮގުކޮށްފި
މިއަދު އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެ ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެންނުވާ ގޮތްތަކަކަށް އަމަލުކުރިކަމަށް ބުނެ ސޯޝަލްމީޑިއާ އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާ ޚިލާފައް ދެކެވެމުންދާ ވާހަކައާ ބެހޭގޮތުން އެ ހޮސްޕިޓަލް ހިތާމަކުރާކަމަށެވެ. އައިޖީއެމްއެޗުގެ ބަޔާނުގައި ބުނެފައިވަނީ ބަލިމީހުންނަށް ފަރުވާދިނުމުގައި އެ ހޮސްޕިޓަލުން ޢަމަލުކުރަމުންދަނީ މެޑިކަލް ޕްރެކްޓިސްގައި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާ އެއްގޮތަށް ކަމަށާއި މީސްމީޑިޔާގައި މީހެއްގެ ބަލި ޙާލަތާމެދު ވާހަކަތަކެއް ފެތުރުނު ނަމަވެސް ބަލިމީހާއާއި ފަރުވާގެ ތަފްޞީލުތަކަކީ ހޮސްޕިޓަލުން ހާމަކުރާނެ މައުލޫމާތުތަކެއް ނޫންކަމަށެވެ.