ހަބަރު
10 Jun 2024
މޯދީ ދެއްވި ފަރިއްކޮޅެއްގައި ރައީސް ބައިވެރިވެވަޑައިގެންފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
09 Jun 2024
އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ރެކޯޑް ނަގާ ތާރީޚް ކަނޑައަޅައިފި
މިއަދު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އިން ނެރުނު އިޢުލާނެއްގަިއ ހާމަ ކޮށްފައިވާގޮތުން، އެސްޓީއޯގެ އަހަރީ ޢާންމު ޖަލްސާ 2023 ގައި ބައިވެރިވުމަށް އެދި، އަދި ހިއްސާދާޜުންނަށް ޑިވިޑެން ބެހުމަށް ރެކޯޑް ނަގާ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މި ޖޫން މަހުގެ 26 ވަނަ ދުވަހެވެ.
09 Jun 2024
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓަރންޝިޕް ޕްރޮގްރާމެއް އެމް.އޭ.ސީ.އެލް އިން ފަށައިފި
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން އިންޓަރންޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްޓަކައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ.
09 Jun 2024
ހިޔާ ފައިނޭންސިންގައި އިސްލާމިކް ބޭންކުން ބައިވެރިވުމަކީ ލޯން ދޫކުރުމަށް ލިބޭ ބާރެއް: ޑރ.ޙައިދަރު
މިއަދު ބޭއްވި، ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ މިފަދަ ސްކީމެއްގެ ދަށުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް އިން، ބައިވެރިވާކަމާމެދު އުފާކުރައްވާ ކަމަށެވެ.
09 Jun 2024
އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީއެއް ގާއިމުކުރަނީ
އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީއެއް ގާއިމް ކުރުމަށް ބިން ދޫކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީއެއް ޤާއިމު ކުރުމަށް މިއަދު ވި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އައްޑޫ ސިޓީ ކައުންސިލާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދުއެވެ.
09 Jun 2024
ރާއްޖެއާ އިންޑިއާގެ ގުޅުން އިޢާދަކުރުމުގައި ދެ ގައުމުގެ ވެރިންގެ ކެތްތެރިކަމަށް ނަޝީދުގެ ތަޢުރީފް
ރާއްޖެއާއި އިންޑިއާގެ ގުޅުހުން އިޢާދަކުރުމުގައި ދެއްކެވި ކެތްތެރިކަމަށް ރައީސް މުޢިއްޒަށާއި ބޮޑުވަޒީރު މޯދީއަށް، ކުރީގެ ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
09 Jun 2024
އެމްޑީޕީ އަންހެނުންގެ ރޫހުގެ ނައިބު ރައީސް އިސްތިޢުފާ ދެއްވައިފި
އެމްޑީޕީގެ އަންހެނުންގެ ރޫޚުގެ ނައިބު ރައީސް، ފާތިމަތު ސަމީރު ” އެކްސް ” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި، އެމްޑީޕީ އަންހެނުއްގެ ރޫހުގެ ނައިބު ރައީސްގެ މަޤާމުން މިއަދުން ފެށިގެން އިސްތިޢުފާ ދެއްވާ ކަމަށެވެ. ފާތިމަތު ސަމީރު، މި ނިންމެވުން ނިއްމެވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ބަލިހާލަތު ހުރިގޮތެވެ.
09 Jun 2024
އިންޑިއާގެ ގޯ އެއާއިން މީރާއަށް 3.6 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި
އިންޑިއާގެ ގޯ އެއާއިން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރޮޓީ (މީރާ) އަށް 3.6 މިލިއަން ޑޮލަރު ދައްކަން ޙުކުމް ކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލު މަހުން ފެށިގެން 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ނިިޔަލަށް އިންޑިއާގެ ގޯ އެއާއިން ދައްކަން ޖެހޭ ފީއަކާއި ޓެކުހެއް މީރާއަށް ދައްކާފައިނުވާތީއެވެ.