17 Feb 2024
ކޮސޯވޯގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި
ކޮސޯވޯގެ 16 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ކޮސޯވޯގެ ރައީސް ވިޔޯސާ އޮސްމާނީއަށާއި ބޮޑުވަޒީރު އަލްބީން ކުރްތީއަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.
17 Feb 2024
ޓްރަމްޕް ގެ މައްޗަށް ކުށް ސާބިތުވެ، 355 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ
އެމެރިކާގެ 45 ވަނަ ރައީސް ގެ މަގާމް ފުރުއްވި އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ މައްޗަށް މަކަރާއި ހީލަތުގެ ކުށް ސާބިތުވެ، 355 މިލިއަން ޑޮލަރު ދައްކަން ޖެހިވަޑައިގެންފިއެވެ.
17 Feb 2024
މާލޭގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފަށައިފި
މާލޭގެ މަގުތަކުގައި ގިނަދުވަސްވަންދެން ބޭނުން ނުކޮށް ހުރި ވެހިކަލްތައް ނަގާ ނައްތާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
17 Feb 2024
ސްޕެޝަލިސްޓުންނާއި، ސްޕަ ސްޕެޝަލިސްޓުން ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް
މި ސަރުކާރުގެ ފަރާތުން ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ޚިދުމަތް ދިނުމަށް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުން ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
17 Feb 2024
ހަތަރު ކެންޑިޑޭޓަކު ނަން އަބުރާ ގެންދިޔަ: އީސީ
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނަން އަބުރާ ގެންދިއުމަށް ދިން ފުރުޝަތުގައި ނަން އަބުރާ ގެން ގޮސްފައިވަނީ ތިން ޕާޓީއަކަށް ނިންބަތްވާ ތިން ކެންޑީޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރުމަށް ހުށަހެޅި އެއް ކެންޑިޑޭޓެއް ކަމަށް އީސީން ބުނެފިއެވެ.
16 Feb 2024
5އަހަރުގެ އިހުމާލުން ސިއްހީދާއިރާއަށްވީ ގެއްލުންތައް!
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފަސް އަހަރު ތެރޭގައި ސިއްހީ ދާއިރާއަށް ވެފައިވާ އިހްމާލުން ލިބުނު ބައެއް ގެއްލުންތައް، އަދުގެ ސިއްހަތާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله ޚަލީލް ކިޔައިދެއްވައިފިއެވެ.
16 Feb 2024
މުހައްމަދު ޢިސްމާޢީލްގެ ކެންޑިޓޭޓް ނަންބަރަކަށް 4
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.
16 Feb 2024
މާލެއިން، 14 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ!
މާލެއިން, އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމަށް ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.