31 Jan 2024
ޝަމީމް އަށް ހަމަލާ ދިނީ ސިޔާސީ ބޭނުމުގައި: ރައީސް ޞާލިހު
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އަށް ހަމަލާދީ ޒަހަމްކޮށްލީ ސިޔާސީ ބޭނުމެއްގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
31 Jan 2024
ވަޒީރުން އަލުން އައްޔަނުކުރެއްވުމުން ރަނގަޅު: ޤާސިމް
‏މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެމަޤާމް ތަކަށް ޢައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވާ، އެ ވަޒީރުންގެ ވަޒީރު ކަމުގެ ހުވާކުރެއްވުން ރާއްޖޭގެ ސްޕްރީމް ކޯޓުން ކުރިއަށް ގެންދެވި ގެންދިއުމަކީ ޤާނޫނީ ހުކޫމަތު ދަމަހައްޓަވާ، ޢަދުލުއިންޞާފު ޤާއިމުކޮށްދެއްވާ، ދުސްތޫރީ ހަމަތައް ހިފަހައްޓަވައިދެއްވުމަށް ކުރެއްވެވި، ވަރަށް އަގުހުރި މަސައްކަތްޕުޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
31 Jan 2024
ރިޔާސަތުގައި ހުންނަ މީހެއް އެދޭ ގޮތަށް ފިލްޒާ ޤާނޫނީ ލަފާ ނެރެދޭނެ
މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ އަކީ އެވަގުތެއްގަައި މަޖިލީހުގެ ރިޔާސަތުގައި ހުންނަ މީހެއް އެދޭ ކޮންމެ ގޮތަކަށް ޤާނޫނީ ލަފާ ނެރެދޭ މީހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.
31 Jan 2024
ހަމައެއް ލަމައެއް ނެތި ރައީސަކު އަޒުލެއް ނުކުރެވޭނެ: ޝަހީމް
ރައްޔިތުން އިންތިޚާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަކު ހަމައެއް ލަމައެއް ނެތި އަޒުލު ނުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
31 Jan 2024
ރައީސް ޑރ.މުއިއްޒު އަޒުލް ކުރުން ހުއްޓާލުމަށް ޤާސިމް ގޮވާލައްވައިފި
ރައީސް ޑރ.މުއިއްޒު އަޒުލް ކުރުމަށް ފަށާފައިވާ މަސައްކަތްތައް ހުއްޓާލުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
31 Jan 2024
ރައީސް އަޒުލުކުރަން އެމްޑީޕީން އުޅޭ ވާހަކައިން އިންޑިއާގެ ނޫސްތަކަށްވަނީ އީދެއް އައިސްފައި
ރައީސް އަޒުލުކުރަން އެމްޑީޕީން އުޅޭ ވާހަކައިން އިންޑިއާގެ ނޫސްތަކަށްވަނީ އީދެއް އައިސްފައި
31 Jan 2024
ރައީސް ނަޝީދުގެ ދިރިއުޅުން ގާނާއަށް ބަދަލުކުރައްވައިފި
ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ މުހައްމަދު ނަޝީދު ގެ ދިރިއުޅުން ގާނާއަށް ބަދަލުކުރައްވައިފިއެވެ.
31 Jan 2024
ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނާއި ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވައިފި
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް، ރައީސުލްޖުމްހޫރިއްޔާަ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.