29 Jan 2024
ރުހުން ނުދިން ތިން ވަޒީރުން އަލުން ހުވާ ކުރައްވައިފި!
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓް ގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން، މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރައްވައި، މަގާމުގެ ހުވާ ކުރައްވައިފި އެވެ.
29 Jan 2024
ޓޮބްލެރޯން ޗޮކްލެޓްގައި ޕްލާސްޓިކް ހިމެނޭތީ ވިއްކުން މަނާކޮށްފި
ޓޮބްލެރޯން ޗޮކްލެޓްގެ ދެ ވައްތަރެއްގައި ޕްލާސްޓިކް ހިމެނޭތީ އެ ދެ ބާވަތް ރާއްޖޭގައި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
29 Jan 2024
ވަޒީރުންނަށް ރުހުން ނުދިނުމަކީ މުޖުތަމަޢު ބަލައިގަންނަކަމެއް ނޫން – ޝިޔާމް
ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް މާތް الله ގަންދީ ހުވާކުރައްވައިގެން ތިއްބެވި ވަޒީރުންނަށް އެއްވެސް އަސާސެއްނެތި ރުހުން ނުދެއްވުމަކީ މުޖުތަމަޢު ބަލައިގަންނަ ކަމެއްނޫންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
29 Jan 2024
ސަމާލުވޭ ! ވަގު ސެޓްފިކެޓުތަކެއް ބޭނުންކުރަމުން އެބަދޭ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ (އެމްކިޔުއޭ) ގެ ވަގު ތައްގަނޑެއް ޖަހައިގެން ތައުލީމީ ސެޓްފިކެޓުތަކެއް ރާއްޖޭގައި ބޭނުން ކުރަމުންދާ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.
29 Jan 2024
ވެމްކޯއިން 43.9 މިލިއަން ރުފިޔާގެ އުޅަނދު ވަނީ ގަނެފަ: އޮޑިޓް ރިޕޯޓް
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވެމްކޯއިން 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު 43.9 މިލިއަން ރުފިޔާގެ އުޅަނދު ގަނެފައިވާ ކަމަށް އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުން ދައްކައިފިއެވެ.
29 Jan 2024
ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން ފާސްކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިދިކޮޅު މައި ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ފާސްކޮށްފިއެވެ.
29 Jan 2024
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލަނީ
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށައެޅުމުގެ ފުރުޞަތު މާދަމާއިން ފެށިގެން ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާ، ފޯމު ހުށައެޅުމަށް 2 ހަފްތާގެ މުއްދަތެއް ދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
29 Jan 2024
ޞާލިހު މަސައްކަތް ކުރަނީ އިސްލާމީ ކަންކަން ބަލިކަށި ކުރަން
ރައީސް ޞާލިހު ނޫނީ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސައްކަތް ކުރެއްވި ވެރިއަކު ރާއްޖެ ނުދެކޭކަމަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.