ހަބަރު
29 Jan 2024
މޭޔަރު އާޒިމާއި އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް ބައްދަލު ކުރައްވައިފި
މާލެ ސިޓީގެ އައު މޭޔަރު އާދަމް އާޒިމާއި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލު ކުރައްވައިފިއެވެ.
29 Jan 2024
ވަޒީރުންނަށް ރުހުން ނުދޭން ނިންމީ މާ ބޮޑަށް ގާބިލް ވީމާ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވަނީ އެ ވަޒީރުން ގާބިލް ނުވެގެން ނޫން ކަމަށް ދާދިފަހުން އެމްޑީޕީ ދޫކުރައްވައި ވެރިކަންކުރާ ޕީއެންސީ އާއި ގުޅިވަޑައިގެންނެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ.
29 Jan 2024
ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިއަދު 1 ޖަހާއިރު
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލިހުން ބާއްވާ ޖަލްސާ މިއަދު މެންދުރު ފަހު 1:00 އަށް ފަސްކޮށްފިއެވެ.
29 Jan 2024
އެމްޑީޕީ މެންބަރުން ކުރެއްވި ކަމެއް ކުރެއްވީ އަމިއްލަ ދިފާއުގައި
އިއްޔެ މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެން ކުރެއްވި ކަމެއް ކުރެއްވީ އަމިއްލަ ދިފާއުގައި މަޖުބޫރު ވެގެން ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
29 Jan 2024
އިހަވަންދިއްޕޮޅު ތަރައްގީކުރަން ފްރީޒޯން ކުންފުންޏަށް
މެރިޓައިމް ޚިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރއެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
29 Jan 2024
ހުރިހާ މަސްވެރިން ހިމެނޭ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނޭ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިންގެ ކުރިއެރުމަށް މަސައްކަތްކުރާނެ ހާއްސަ ކޯޕަރޭޓިވް ސޮސައިޓީއެއް އުފެއްދެމުގެ މަސައްކަތް މިސަރުކާރުން ފަށައިފިއެވެ.
29 Jan 2024
ރާއްޖޭގެ 11 ސްކޫލެއްގައި ޤައުމިއްޔަތު މާއްދާ ކިޔަވައިދެން ފަށައިފި
ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލްތަކުގައި ކިޔަވައިދިނުން ތަޖުރިބާ ކުރުމަށް ފަށާ ޕައިލެޓް ޕްރޮޖެކްޓްގެ މަސައްކަތް މާލެއާއި އަތޮޅުތައް ހިމެނޭގޮތަށް 11 ސްކޫލެއްގައި ފަށައިފިއެވެ.
28 Jan 2024
އެންމެފަހުން މިރޭ ބާއްވަން އުޅުނު ޖަލްސާވެސް ނިންމާލަށް ޖެހިއްޖެ
ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފެށި ޖަލްސާ، މިރޭވެސް ކުރިއަށް ނުގެންދެވި އެންމެފަހުން ނިންމާލަސް ޖެހިއްޖެއެވެ.