22 Jan 2024
އާދަމް އާޒިމް މޭޔަރުކަމުގެ ހުވާ ކުރައްވައިފި
އެމްޑީޕީ ޓިކެޓުގައި މާލޭ މޭޔަރުކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ އާ މޭޔަރު ، ކުރީގެ އެމްޓީސީސީގެ ސީއޯ އާދަމް އާޒިމް މާލޭ ސިޓީ މޭޔަރުކަމުގެ ހުވާ ކުރައްވައިފިއެވެ.
22 Jan 2024
ރައީސަކީ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ވެރިކަން ކުރައްވާނެ ވެރިއެއް: ނައިބު ރައީސް
ރައީސުލް ޖުމުހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒަކީ ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންގެ ފިކުރާއި ވިސްނުމާއި އެއްގޮތަށް ވެރިކަން ކުރައްވާނެ ވެރިއެއްކަމަށް ނައިބު ރައީސް އަލްއުސްތާޛު ހުސެއިން މުޙައްމަދު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.
22 Jan 2024
ހުވާނުކުރެވި އުޅެނިކޮށް އެމްޑީޕީ ކައުންސިލަރު ޕީއެންސީއަށް ސޮއި ކުރައްވައިފި
ހުވާނުކުރެވި އުޅެނިކޮށް އެމްޑީޕީގެ ޓިކެޓުގައި މާލޭ މެދުހެންވޭރު ދާއިރާއަށް އިންތިހާބުވި ކައުންސިލަރު އަހްމަދު ރިޝްވާން މިއަދު ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.
22 Jan 2024
ހަނިމާދޫ އެއަރޕޯޓްގެ އައު ރަންވޭގެ އެއްބައި އާދިއްތަ ދުވަހު ބޭނުންކުރަން ފަށަނީ
ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ އެއްބައި އަންނަ ހަފްތާގައި ބޭނުންކުރަން ފަށާނެކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެފިއެވެ.
22 Jan 2024
މިއަހަރު ސިޔާސީ ޕާޓީތަކަށް ފައިސާ ބެހިފައިވާގޮތް ހާމަކޮށްފި
މި ހިނގާ 2024 ވަނަ އަހަރު ރާއްޖޭގައި އުފައްދާފައިވާ 6 ސިޔާސީ ޕާޓީއަކަށް ފައިސާ ބެހިފައިވާ ގޮތް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
22 Jan 2024
އެފްއޭއެމް އިންތިޚާބު އަލުން ބާއްވަން އަންގައިފި!
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމް ގެ އިންތިހާބާއި ގުޅިގެން މިހާރު ނިންމާފައިވާ ހުރިހާ ނިންމުމެއް ކެންސަލްކޮށް އަލުން އެ އިންތިޚާބުގެ ކަންކަން ފެށުމަށް ފީފާއިން އަންގައިފި އެވެ.
22 Jan 2024
އެއްބަސްވުންތަކަށް ޢަމަލީ ސިފަ ގެނައުމަާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ރައީސް ޑރ.މުއިއްޒު ދާދި ފަހުން ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުގައި ޗައިނާ އާއި އެކު ވެފައިވާ އެއްބަސްވުން ތަކަށް އަމަލީ ސިފަ ގެނައުމާއި ގުޅޭ ގޮތުން ވައިސް މިނިސްޓަރ އޮފް ދި އިންޓަރނޭޝަނަލް ޑިޕާޓްމަންޓް އޮފް ދަ ޗައިނީސް ކޮމިއުނިސްޓް ޕާޓީ، ސުން ހައިޔާން އާއި ރައީސް ޑރ.މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.
22 Jan 2024
މޯލްޑިވް ގޭސް ގެ ކުރީގެ އެމްޑީގެ މައްޗަށް ރިޝްވަތު ނެގިކަމުގެ 7 އެއް ދައުވާ
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) އަބްދުﷲ މަޢުމޫނުގެ މައްޗަށް ރިޝްވަތު ނެގިކަމުގެ 7 އެއް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.