ހަބަރު
23 Jan 2024
އިންޑިޔާ އައުޓް ހުއްޓުވި ގަރާރު، ބާތިލް ނުކުރަނީ ކީއްވެތޯ؟
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ޕީޕީއެމާއި ޕީއެންސީން ހިންގި "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ނިންމަވައި، އެކަން ހުއްޓުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނެރުއްވި ގަރާރު، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ބާތިލު ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރޭ ސުވާލު ކުރައްވައިފި އެވެ.
23 Jan 2024
ފުވައްމުލަކު ސިޓީއަށް އައު ޖަނަރޭޓަރެއް ހޯދަނީ
ފުވައްމުލަކު ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އިންޖީނެއް ހަލާކުވުމުގެ ސަބަބުން މުޅި ރަށުގެ ލޯޑު ހިފެހެއްޓޭ ވަރަށް ވުރެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ މިވަގުތަށް ދަށްވެފައި ވުމާއި ގުޅިގެން މިމައްސަލަ ހައްލު ކުރުމަށް އައު ޖެނަރޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
23 Jan 2024
ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް ފަށައިފި
މީލާދުން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާނު ޢަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅު ކަމުގައިވާ ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
23 Jan 2024
އައްޑޫސިޓީން ދޫކުރާ ގޯތީގެ ގުރުނެގުން މިހަފްތާގައި ބާއްވަނީ
އައްޑޫ ސިޓީން ގޯތި ދޫކުރުމަށް އިއުލާން ކުރިތާ އެއް އަހަރުފަހުން އައްޑޫސިޓީގެ 4 އަވަށަކުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތީގެ ގުރުނެގުން މިހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
23 Jan 2024
ޔާމީން ސަރުކާރަށް: އާމްދަނީ ލިބޭނެ ގޮތްތަކެއް ނުފެނޭ
ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތްއިރު އާމްދަނީ އިތުރުކުރުމުގެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ނުގެންދާ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރޭ ނުރުހުން ފާޅުކުރައްވައިފިއެވެ.
23 Jan 2024
މާފަންނުގެ ބައެއް ގެތަކުން ކަރަންޓު ކެނޑިއްޖެ!
ސްޓެލްކޯގެ ކޭބަލަކަށް ގެއްލުންވެ، މާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
23 Jan 2024
މަދީނާ އިންވެސްޓްމެންޓް އިން ހުޅުމާލޭގައި ސްކޫލެއް އަޅަނީ!
އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާއިއެކު ހުޅުމާލޭގައި ސްކޫލެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
23 Jan 2024
ދެމީހުންނާއެކު ދަތުރުކުރި ޑިންގީ އެއް ބަންޑުންޖަހާލައިފި!
ދެ މީހުންނާއެކު ށ.މިލަންދޫން ފުރައިގެން ހދ.ކުޅުދުއްފުށްޓަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް، ށ.ފޯކައިދޫ ކައިރިން ބަންޑުން ޖަހާލައިފިއެވެ.
23 Jan 2024
'ސްޓްރާޓާ ޕޯޓަލް' ރަސްމީކޮށް ލޯންޗުކޮށްފި
ސަރުކާރުގެ ފުރަތަމަ 14 ހަފްތާ މަގުޗާޓުގައި ހިމަނާފައިވާ އެއްމެދު ޢިމާރާތްތަކުގެ ރަޖިސްޓްރޭޝަން މަރުޙަލާ ފުރިހަމަކުރުމަށާއި އެއްމެދު ޢިމާރާތްތައް މެނޭޖްކުރުމަށް ޚާއްޞަ 'ސްޓްރާޓާ ޕޯޓަލް' ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
23 Jan 2024
ދެގައިދީ އަކު ކައިވެނި ކުރުމުން އިޖުތިމާއީ އިތުރު މައްސަލަތަކެއް އުފެދިދާނެ: ފަތުވާދޭ މަޖިލިސް
ދެ ގައިދީއަކު ކައިވެނި ކުރުމަކީ އިޖުތިމާއީ އިތުރު މައްސަލަތަކެއް އުފެދިދާނެ ކަމެއް ކަމަށް ރާއްޖޭގެ ފަތުވާދޭ މަޖިލީހުން ބުނެފިއެވެ.