19 Jan 2024
މިސްކިތްތަކުގެ މަސައްކަތް މިދަނީ ވަރަށް ގާތުން ބަލަމުން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރަމުންދާ ދާއިމީ މިސްކިތްތަކުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުންދާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
19 Jan 2024
ކްރިމިނަލް ކޯޓުގެ ސަބަބުން ޖިނާއީ ހުރިހާ މައްސަލަތައް ވަނީ ހުއްޓިފައި
ކްރިމިނަލް ކޯޓުގެ އިމާރާތް ހުރި ހާލަތުގެ ސަބަބުން ޖިނާއީ ހުރިހާ މައްސަލަތައް ވަނީ ހުއްޓިފައި ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު މިރޭ ވިދާޅުވެއްޖެއެވެ.
19 Jan 2024
މި ފެންނަނީ ރައީސްގެ ހަރުދަނާ ސިޔާސަތު ތަންފީޒުވާތަން - އާދަމް ޝަރީފް
ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތެއް ކަމަށާއި، މިއަދު ފެނިގެން މިދަނީ އެ ސިޔާސަތު ތަންފީޒު ވަމުންދާތަންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
19 Jan 2024
އިޚްތިޞާޞުން ބޭރު ފަޅު ރަށްތައްވެސް ކައުންސިލަށް ލިބޭގޮތް ހަދައިފި
ރައްޔިތުންގެ ފައިދާއަށްޓަކައި ކައުންސިލްތަކަށް ދޫކުރެވޭ ރަށްތަކުގެ ގޮތުގައި އެކައުންސިލެއް އިޚްތިޞާޞުން ބޭރުގައިވާ ފަޅުރަށްތައްވެސް ހިމެނޭ ގޮތަށް ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ.
18 Jan 2024
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު އުފައްދަވައިފި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައި ގަންނަވާ އިޚްތިޔާރުގެ ދަށުން "ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު" ގެ ނަމުގައި މުޅިން އާ ޢިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
18 Jan 2024
ފޮރިން މިނިސްޓަރ ޒަމީރާއި ޖައިޝަންކަރާއި ބައްދަލު ކުރައްވައިފި
ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ބައްދަލު ކުރައްވައި ދެ ޤައުމުގެ ގުޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
18 Jan 2024
އިންޑިއާއަށް އިޙްތިރާމު ކުރަންޖެހޭ، ގަދަ ދައްކައިގެން ލިބޭނީ ގެއްލުން: ނަޝީދު
އިންޑިއާއަކީ ދިވެހިރާއްޖެއާއި ވަރަށް އަވަށްޓެރި ޤައުމެއްކަމަށާއި، ދިވެހިރާއްޖެއިން އަބަދު ވެސް އިންޑިޔާއަށް އިހުތިރާމުކުރަން ޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި ގަދަ ދައްކައިގެން އުޅެން ވެއްޖެ ނަމަ އެކަމުގެ ނަތީޖާ ހިތިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
18 Jan 2024
ކުޅިވަރު ވަސީލަތްތައް ރަށް ރަށުގައި ފުރިހަމަކުރުމުގެ ޕްރޮގްރާމެއް!
ސަރުކާރުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން، ކުޅިވަރު ވަސީލަތްތައް ރަށް ރަށުގައި ފުރިހަމަ ކުރުމުގެ ޕްރޮގްރާމް ރަސްމީކޮށް ފަށައިފި އެވެ.