26 Nov 2023
މި ޕާޓީން ހުރިހާ އިންތިޚާބެއްގައި ވާދަކުރާނެ: މަލީހު
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ އައު ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ކުރިއަށް އޮތް ހުރިހާ އިންތިޚާބެއްގައިވެސް ވާދަކުރާނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
26 Nov 2023
ޔޫތް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ކަމަށް މަލްޝާ
ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުންގެ މަޤާމަށް ކުރިން މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރުގެ މަޤާމުގައި ހުންނެވި މަލްޝާ ޝަރީފް އަދި ސިޓީ ކައުންސިލްގެ ކުރީގެ މީޑިއާ އެކްޒެކްޓިވް އަދި ތަރުޖަމާނު މަރިޔަމް ޝިއުނާ މިއަދު އައްޔަނުކުރައްވައިފިއެވެ.
26 Nov 2023
ތިލަފުށި ހިއްކުމާ ދެކޮޅަށް ވިޔަފާރިވެރިން ޕެޓިޝަނެއް ހުށައަޅައިފި
ކުރީ ސަރުކާރުން ރާވާފައިވާ ގޮތަށް ތިލަފުށި ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ އެ ސަރަހައްދުގައި ކުރިއަށް ދާ ގިނަ ވިޔަފާރި ތަކަށް ގެއްލުންވާނެތީ، ވިޔަފާރިވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.
26 Nov 2023
މަޖިލީސް އިންތިހާބަށް ޕީއެންސީ އަދި ޕީޕީއެމް އެކުގައި ވާދަކުރަނީ
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީ އަދި ޕީޕީއެމް އެކުގައި ނިކުންނަން ނިންމައިފި އެވެ.
26 Nov 2023
ޔާމީންގެ ޕާޓީ އުފައްދަން ހުއްދަ އަށް އެދެނީ ޒޭންގެ ނަމުގައި!
ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް އިލެކްޝަންސް ކޮމިޝަންގައި ހުއްދައަށް އެދިފައިވަނީ އެމަނިކުފާނުގެ ދަރިކަލުން، ޒޭން ޔާމީންގެ ނަންފުޅުގައި ކަމަށް، ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
26 Nov 2023
މިވެރިކަމުގައި ނޫސްވެރިކަމުގެ ރަންޒަމާނެއް ގެނެސްދެއްވާނެ!
ދިވެހި ނޫސްވެރިކަމަށް ކުރިއެރުމާއި ކާމިޔާބީގެ ރަން ޒަމާނެއް ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ޒަޢާމަތުގައި ގެނެސްދެއްވާނެ ކަަމަށް ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
26 Nov 2023
މަޖިލިސް އިންތިޚާބަށް އެކުގައި ނުކުުތުމަށް ޖޭޕީ އާއި ޕީއެންސީ މަޝްވަރާކޮށްފި
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައު ޖުމްހޫރީ ޕާޓީ އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް އެކުގައި ވާދަކުރުމަށް މަޝްވަރާކޮށްފިއެވެ.
26 Nov 2023
ޔާމީން ބާކީ ކުރި ކަމަށް ބުނެ ކުރަމުންދާ ސުވާލުތަކުގެ ޖަވާބު!
ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ބާކީ ކޮށްލެއްވި ކަމަށް ބުނެ، ކުރެވެމުންދާ ސުވާލުތަކަށް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ޖަވާބުދެއްވައިފިއެވެ.