17 Jan 2024
ލ. ހިތަދޫން އާސާރީ ހިރިގަލު ފޮށްޓެއް ފެނިއްޖެ
ހައްދުންމަތީ ހިތަދޫ ގެއަކުން އާސާރީ ހިރިގަލު ފޮށްޓެއް ފެނިއްޖެއެވެ.
17 Jan 2024
ރާއްޖެ ގައި ހެޕަޓައިޓަސް ބީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކަނޑައަޅައިފި
ރާއްޖެ އަކީ ހެޕަޓައިޓަސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.
17 Jan 2024
ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ނެރުމުގެ އުޞޫލު، އިފުތިތާޙުކޮށްފި
އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވޭޖް އުޞޫލުން މަސައްކަތްކުރެވޭނެ ގޮތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅުއްވާފައިވާ ޚާއްޞަ އުޞޫލު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފުތިތާޙު ކޮށްދެއްވައިފިއެވެ.
17 Jan 2024
ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް މަގުން ނަގަން ހަވާލުކޮށްފި!
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް އެ ތަނުން ނަގައި އެ ދިމާ ފަޅު ހިއްކައިގެން ހަދާ ޕްލެޓްފޯމަކަށް ބަދަލުކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
17 Jan 2024
ކުނިގޮނޑުން ފެނުނު ކުއްޖާގެ މަންމައަށް ދައުވާ ކޮށްފި!
3 ޑިސެންބަރު 2023 ވަނަ ދުވަހުގެ ހެނދުނު 9:28 ހާއިރު އދ. ދިގުރަށުގެ ކުނި ގޮނޑުން މަރުވެފައި އޮއްވާ ފެނިފައިވާ ކުއްޖާގެ މަންމަ، އެކުއްޖާއާމެދު ކަން ކުރިގޮތް ޕީޖީ އޮފީހުން ކިޔައިދީފިއެވެ.
17 Jan 2024
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ މިމަހު 27 ގައި ބާއްވަނީ
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރައްޔިތުން މަޖިލީހުގެ ޕްރައިމަރީ ޖަނަވަރީ 27 ގައި ބާއްވާ ގޮތަށް ހަމަޖައްސައި، ވޯޓު ލެވޭ މީހުންގެ ލިސްޓު ޢާންމު ކޮށްފިއެވެ.
17 Jan 2024
ދެކުންފުންޏަކުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި ފައިސާ ނަގަނީ
ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން އިސްލާމިކް މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ނެތި ޢުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނަގަމުން އަންނަ ދެ ކުންފުންޏަކާއި މެދު ސަމާލުވުމަށް އެ މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
17 Jan 2024
ކޮންމެ އަތޮޅެއްގައި އޮޑިޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސަނީ
ކޮންމެ އަތޮޅެއްގައި އެ އަތޮޅެއް ވަކިން އޮޑިޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވުޒީރު އަލްފާޟިލް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.