12 Nov 2023
"އަމިއްލައަށް އާ ސަރުކާރާއި ބައިވެރިވާން އުޅުމުންވެސް އެފުރުސަތެއް ނުލިބުނު"
މަތިން ބައިން ޖެހިގެން އާ ސަރުކާރާއި ބައިވެރިވާން އުޅުމުންވެސް އެފުރުސަތެއް ނުލިބުނު ކަމަށް ވިދާޅުވެ އަނަސް ޢަބްދުއްސައްތާރް ދަ ޑިމޮކްރެޓްސްއަށް ފާޑު ވިދާޅުވެއްޖެއެވެ.
12 Nov 2023
އާރަށު މައްސަައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި
ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ވ އާރަށު މައްސަލައިގެ އަޑުއެހުމެއް އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
12 Nov 2023
"ރިޔާސަތުން 49 މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފި"
ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވާ މައްސަލައިގެ ގަރާރު މަޖިލީހުގެ ރިޔާސަތުން ބޭރުކޮށްލުމަކީ މަޖިލީހުގެ 49 މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
12 Nov 2023
ރިޔާސަތުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމާ ބުނާ މައްސަލައެއް!
އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލެހެއްޓެވި މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށް ބުނެ އެމްޑީޕީ މައްސަލަ ހުށައަޅައިފި އެވެ.
12 Nov 2023
މަޓާޓޯއިން ޓްއަރިޒަމް މިނިސްޓްރީގެ ބަޔާނަށް ރައްދު ދީފި
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓްއަރއޮޕަރޭޓާސް (މަޓާޓޯ)،އިން ނޮވެމްބަރު މަހު ނެރެފައިވާ ނިއުސްލެޓަރ އާއި ބެހޭގޮތުން، ޓްއަރިޒަމް މިނިސްޓަރ، ޑރ.އަބުދުﷲ މައުސޫމް، މަޓާޓޯއިން މިނިސްޓަރގެ ސަމާލުކަމަށްޓަކައި ދީފައިވާ އެންމެހާ މައުލޫމާތާއި، މައުލޫމާތު އެކުކުލަވާލިގޮތާއި ހޯދާފައިވާ ފަރާތްތަކުގެ ސައްޙަ ނޫންކަމަށް ވިދާޅުވެ ނެރުއްވާފައިވާ ބަޔާނުގައިވާ އެންމެހާ ކަންކަމަށް، މަޓާޓޯއިން ރައްދު ދީފިއެވެ.
12 Nov 2023
ބޭރުކުރި ގަރާރު ހުށަނޭޅޭނެކަމަށް ނިންމާ ދެވަނަ ޖަލްސާ ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށައެޅި ގަރާރު މަޖިލީހުގެ ގަވައިދާއި ޚިލާފުކަމަށް ކަނޑައަޅާ ހެދުނުގެ ދަންފަޅީގައި ބޭރުކޮށްލުމަށްފަހު، އަލުން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ބޭއްވި ޖަލްސާވެސް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅާ ނިންމާލައިފި އެވެ.
12 Nov 2023
"މިއަދަކީ މަޖިލީހުގެ ޑިމޮކްރެޓިކް ހަޔާތުގައި ލަދުވެތި ދުވަހެއް"
މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ޑިމޮކްރެޓިކް ހަޔާތުގައި ކުރިމަތިލި ލަދުވެތި ދުވަހެއްކަމަށް އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
12 Nov 2023
"ނަޝީދު ވަކިކުރުމުގެ ޤަރާރު ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނެތް"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމަށް ހުށައަޅާފައިވާ ގަރާރު ހުށައަޅައިގެން ކުރިއަށް ނުގެންދެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.