ހަބަރު
13 Nov 2023
ރައީސް ޞާލިހު، އަދީބާއި ޒިޔަތަށް މައާފުދީ މިނިވަންކޮށްފި
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި މުގުލުގައި ތިބި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަބްދުالله ޒިޔަތަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މައާފުދެއްވައި ދެ މީހުންވެސް މިނިވަންކޮށްފިއެވެ.
13 Nov 2023
އީވާ ރިޔާސަތުން ބޭރު ކުރަން މަޖިލީހަށް ހުށަހަޅައިފި!
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވަކިކުރަން މަޖިލީހުގެ 50 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
13 Nov 2023
އީވާ އިންނެވީ "ބޭބެ ސަލާމަތްކުރަން ރިޔާސަތަށްވެރިވެ": ރޮޒައިނާ
އީވާ އިންނެވީ "ބޭބެ ސަލާމަތްކުރަން ރިޔާސަތަށްވެރިވެ" ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ ވިދާޅުވެއްޖެއެވެ.
13 Nov 2023
"ނަޝީދު ވަކިކުރާ ޖަލްސާގެ ރިޔާސަތުގައި އީވާ އިނދެގެން ނުވާނެ"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ހުށައަޅާ ޖަލްސާގެ ރިޔާސަތުގައި ނައިބު ރައީސް އީވާ އަބްދުﷲ އިނދެގެން ނުވާނެކަށް މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
13 Nov 2023
މަޖިލީހުގައި ހައިޖާނު ހަދާ ޖަލްސާ ކުރިއަށް ގެންދަން ފުރުސަތެއް ނުދިން!
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި އިންނެވުމާއި ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އިހުތިޖާޖު ކުރަމުން ދިއުމާއި ގުޅިގެން، މަޖިލީސް ހޫނުވެ މިއަދަށް ތާވަލުކުރި ޖަލްސާ އަނެއްކާވެސް މެދުކަނޑާލަން ޖެހިއްޖެ އެވެ.
13 Nov 2023
މުޢިއްޒު ވީއައިއޭ މަޝްރޫއު ބާރަށް ކުރިޔަށް ގެންދަވާނެ: ޝިޔާމް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާޓާރމިނަލްގެ މަސައްކަތް ކުރާ ސައިޓަށް ވަޑައިގެން މަޝްރޫޢު އަމިއްލަފުޅަށް ބައްލަވައިލެއްވުމަކީ މަޝްރޫއު ބާރަށް ކުރިޔަށް ގެންދަވާނެ ކަމުގެ އަލިގަދަ ދަލީލެއް ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
13 Nov 2023
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު، ދެ ބޭފުޅަކަށް
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލަށާއި، ފޮރިން ސެކްރެޓެރީ އަޙްމަދު ލަޠީފަށް ރައީސުލްޖުމްހޫރިއްޔާ އަރުވައިފިއެވެ.
13 Nov 2023
ޚާރިޖީ ސިޔާސަތު ބައްޓަންކުރީ ރާއްޖޭގެ މަސްލަހަތު ރައްކާތެރިކުރަން
މިދިޔަ ފަސް އަހަރުގެ ތެރޭގައި ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.