ހަބަރު
03 Jan 2024
ޔޫތު އެޑްވައިޒާސް ބޯޑަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފެއްދުމަށް ނިންމާފައިވާ "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
03 Jan 2024
މެމްބަރ ޝިޔާމުގެ ބައްޕާފުޅު އަވަހާރަވެއްޖެ
ދ. މީދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަދި ސަން ޝިޔާމް ގްރޫޕުގެ ޗެއާމަން މަޝްޙޫރު ވިޔަފާރިވެރިޔާ އަޙްމަދު ޝިޔާމުގެ ބައްޕާފުޅު ނ. ކުޑަފަރި މުޙައްމަދު ޤާސިމް އަވަހާރަވެއްޖެއެވެ.
03 Jan 2024
އާޒިމާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފް ކުރަނީ
ކުރީގެ ބަންޑާރަ ނައިބު އަދި މާލޭ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ އާއިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ހަތަރު މިލިއަން ރުފިޔާގެ ލޯނެއް ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރަން ހުށައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާޒިމާ ވިދާޅުވެއްޖެއެވެ.
02 Jan 2024
ޒިކުރާ މިސްކިތުގެ އެތެރެއަށް ބިސްތަކެއް ތަޅާލި މީހާ ފުލުހުން ހޯދައިފި
ޒިކުރާ މިސްކިތުގެ އެތެރެއަށް ބިސްތަކެއް ތަޅާލި މީހާ ފުލުހުން ހޯދައިފިއެވެ.
02 Jan 2024
ވަގުފު ބިލްޑިންގ އެއް އިމާރާތްކުރުމަށް އިތުރު ބިމެއް ހަމަޖައްސަނީ
ވަގުފު ބިލްޑިންގ އެއް އިމާރާތްކުރުމަށް މާލެއިން އިތުރު ބިމެއް ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
02 Jan 2024
ތިން ސަރަހައްދެއްގައި ރިހިބިލިޓޭޝަން ސެންޓަރުތަކެއް ގާއިމްކުރަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ތިން ރަށެއްގައި ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒު ގާއިމު ކުރުމަށާއި، ޤާނޫނާ އެއްގޮތަށް ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ހުއްދަ ދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު އެމަނިކުފާނު ނިންމަވައިފިއެވެ.
02 Jan 2024
ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރެއް އެކުލަވާލަނީ
ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
02 Jan 2024
ކަނޑުގެ ސަރަހައްދު ހޯދާ ދިރާސާއަށް ބޭރުގެ އެކްސްޕާޓުން
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރުމުން ގެއްލިގެންދިޔަ ސަރަހައްދު ހޯދުމަށް އަދުގެ ސަރުކާރުން ވެފައިވާ ވަޢުދާ ބޭރުގެ ދެ އެކްސްޕާޓުންނާ ހަވާލު ކޮށްފި އެވެ.