ހަބަރު
06 Nov 2023
އަޑުއެހުން ފެށުން ލަސްވީ ޕާޓީތަކުގެ ސަބަބުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރބާރު ނެތްކަމުގެ މައްސަލައިގައި ސްޕްރީމް ކޯޜުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވާ ވަގުތަށްވުރެ 8 މިނެޓް ލަހުން އަޑު އެހުން ފެށުނީ ޕާޓީތަކުގެ ސަބަބުން ކަމުގައި މައްލައިގެ ރިޔާސަތު ބައްލަވަމުން ގެންދަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
06 Nov 2023
ނަޝީދުގެ އިތުބާރު ނެތް މައްސަލައިގެ އަޑުއެހުންތައް ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކުރިއަށް ނުދާތީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަށައިފިއެވެ.
06 Nov 2023
ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފުތަރު ޑިޖިޓައިޒްކޮށްފި
ކުޑަކުދިންނަށް ޖިންސީީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ޝާއިޢުކުރަންޖެހޭ ކުށްވެރިންގެ ލިސްޓު، ޑިޖިޓައިޒްކޮށް ޝާއިޢުކޮށްފިއެވެ.
06 Nov 2023
ވޯޓަށް ނުފިލާ، ގޮތް ނިންމަން ފުރުސަތުދީ، ނަތީޖާ އެނގޭނީ އޭރުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅިފައިވާ މައްސަލާގައި މެންބަރުން ދެކޭ ގޮތް ބެއްލެވުމަށް، މެންބަރުންގެ ވޯޓު ނެންގެވުމަށް ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު، ދަ ޑިމޮކްރެޓްސް ގެ ފަރާތުން އެދިވަޑައިގެންފިއެވެ.
06 Nov 2023
ވިނަރެސް އެޕާޓްމެންޓުތައް ވިއްކުން މަޑުޖައްސާލައިފި
އޮންލައިންކޮށް ވިނަރެސްގެ އެޕާޓެމެންޓުތައް ވިއްކަން އިއްޔެ ހުޅުވާލުމާއެކު ޕޯޓަލް އަށް ދިމާވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އެ އެޕާޓްމެންޓުތައް ވިއްކުން މަޑުޖައްސާލައިފި އެވެ.
05 Nov 2023
ޖަލްސާގެ ދައުވަތު ފޮނުވާއިރު ވަކި ފަރާތެއްގެ ނަމެއް ނޯންނާނެ
އިންތިހާބީ ރައީސް، ޑރ.މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަތުމުގެ ދައުވަތު ދީފައިވާނީ ދިވެހި ރާއްޖޭގެ އަވައްޓެރި ގައުމުތަކަށާއި ރާއްޖެއާއި ގާތްގުޅުން އޮންނަ ގައުމުތަކަށް ކަމަށާއި މި ދައުވަތުގައި ވަކި ފަރާތެއްގެ ނަމެއް ޖަހާފައި ނޯންނާނެ ކަމަށް އިންތިހާބީ ރައީސް ގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް މުހައްމަދު ވިދާޅުވެއްޖެއެވެ.
05 Nov 2023
ކޯޓުގައި ތަދައްހުލްވުމަށް ދަ ޑިމޮކްރެޓްސްގެ ގަރާރެއް!
ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ހުށައަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދާތީ، މައްސަލަ އަށް ތަދައްހުލް ވާން ދަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ.
05 Nov 2023
މީޑިއާ ކައުންސިލަށް ލިބެންޖެހޭ 6 ލައްކަ ރުފިޔާ ނުހޯދިވޭ: އޮޑިޓް
މޯލްޑިވްސް މީޑިއާ ކައުންސިލަށް އަނބުރާ ލިބެންޖެހޭ 6 ލައްކައަށް ވުރެ ގިނަ ފައިސާ ނުލިބިވާކަމަށް އެ ކައުންސިލްގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.