ހަބަރު
16 Aug 2023
ވިލާ ފައުންޑޭޝަންގެ ސްޓޫޑެންޓް ލޯން މާފުކުރި ލިޔުން ދެނީ!
ވިލާ ގުރޫޕްގެ ޗެއާމަން، ގާސިމް އިބްރާހިމްގެ ހަރަދުގައި މަތީ ތައުލީމަށް ކިޔަވަން ދަރިވަރުންނަށް ދޫކުރި ލޯނު މާފުކުރި ކަމުގެ ލިޔުން ހަވާލު ކުރުމުގެ މަަސައްކަތް ވިލާ ފައުންޑޭޝަނުން ފަށައިފި އެވެ.
16 Aug 2023
މެމްބަރުން ގިނަ ކުރުމުގެ އަމާޒުހިފައި އެމްޓީޑީގެ އައު އޮފީހެއް
މެމްބަރުން ގިނަ ކޮށް ޕާޓީ ބޮޑު ކުރުމުގެ އަމާޒުހިފައި އެމްޓީޑީ އިން އައު އޮފީހެއް ހުޅުވައިފިއެވެ.
16 Aug 2023
"ތިމަން މިއައީ ރައްޔިތުން އެދޭ ކަންކަމާއިގެންނޭ ބުނަން ލަދުނުގަނޭތޯ؟"
ގައުމު އަޅުދާސްތު ކުރި މީހަކު ތިމަންމެން ރައްޔިތުން ގާތަށް މި އަންނަނީ ރައްޔިތުން އެދޭ ކަންކަމާއިގެންނޭ ބުނަން ލަދު ނުގަނޭތޯ ވިދާޅުވެ ޢަލީ ރަމީޒުގެ ބަހުގެ ހަމަލާތަކެއް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ އަށް އަމާޒުކުރައްވައިފިއެވެ.
15 Aug 2023
ޔާސިރާއި މޭޔަރު އާތިފް ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއަށް
ޔާސިރާއި މޭޔަރު އާތިފް ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއަށް
15 Aug 2023
ރަނިންމޭޓު ހުސެއިންއަށް ފަރެސްމާތޮޑާއިން ހޫނު މަރުޙަބާއެއް
މި ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލުކުރައްވާ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ހުސެއިން މުޙައްމަދު ލަތީފާސް ފަރެސްމާތޮޑާއިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
15 Aug 2023
މުޢިއްޒު ވަޑައިނުގަންނަވާ ރަށްރަށަށް ވަޑައިގެންނެވި ކަމަށް ބުނެފި
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު، ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ވަޑައިނުގަންނަވާ ދެ ރަށެއްގައި ދެއްކެވި ވާހަކަފުޅުތަކެއްކަމަށް ބުނެ ދޮގު ވާހަކަތަކެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެންޕެއިން ތަރުޖަމާނު ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ހައްދަވައިފިއެވެ.
15 Aug 2023
"ރައީސް ޞާލިހަކީ ވައުދު ފުއްދަވާ އޯގާތެރި ވެރިއެއް!"
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގަން ފެށުމާއި އެކު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ތަޢުރީފް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އޮއްސާލައިފި އެވެ.
15 Aug 2023
އެމްއެންޑީއެފް އުޅަނދަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި!
އެމްއެންޑީއެފްގެ އުޅަނދަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.