14 Aug 2023
ގޯތި ލިބޭ މީހުންގެ ހާލަތަށް ނުބަލާނެ: މިނިސްޓްރީ
ސަރުކާރުން ހިންގާ ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ދިރިއުޅުމުގެ ފެންވަރާއި ހާލަތަށް ބަލާފައި ނުވާނެ ކަމަށާ، އެހެންނަމަވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުކެޓް ދޭއިރު އެބައެއްގެ ދިރިއުޅުމުގެ ހާލަތަށް ބަލާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.
14 Aug 2023
ގޯތި ފައިނަލް ލިސްޓު ނެރެ، މާދަމާ ގޯތިތައް ދޫކުރާނެ
މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ޚާއްސަ ކޮށްގެން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ނެރުނު ގޯތި ލިބޭ މީހުންގެ ލިސްޓު ފައިނަލް ކޮށް ރޭ އެލިސްޓު ނެރެ، މާދަމާ ގޯތިތައް ދޫކުރަން ފަށާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގެ އެންޑް އިންފްރާންސްޓްރަކްޗަރ އިން ބުނެފިއެވެ.
14 Aug 2023
އިހަވަންދޫ މަސްވެރިންނަށް ޑރ މުއިއްޒު ދެއްވީ އުފާވެރި މެސެޖެއް!
މި ސަރުކާރުގެ އިހުމާލުން ވަޅުޖެހިފައި އޮތް އިހަވަންދޫގެ މަސްވެރިކަން އަލުން ކޮޅަށް ޖަހާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
14 Aug 2023
ޝެއިޚް ޝަފީޢުގެ ތާއީދު ޑރ މުޢިއްޒަށް
ރާއްޖޭގެ ދީނީ ޢިލްމުވެރިޔެއް ކަމަށްވާ ޝެއިޚް ޝަފީޢު ޢަބްދުﷲ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒަށް ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.
13 Aug 2023
"ރައީސް ޔާމީންގެ ތަރައްގީގެ ރަން ޒަމާން އަނބުރާ ގެންނާނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ގެނެސްދެއްވި ތަރައްގީ މުޅި ޤައުމަށް ގެނެސްދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
13 Aug 2023
މަކުނުދޫއަށް މުއިއްޒުގެ ގިނަ ވައުދުތަކެއް، އިސްކަން ސިއްޙީ ދާއިރާއަށް!
ޕްރޮގްރެސިވް ކޮންގެސް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑިގެންފި ނަމަ މަކުނޫދޫއަށް ކޮށްދެއްވާނެ ކަންކަން އެމަނިކުފާނު ހާމަކުރައްވައިފި އެވެ.
13 Aug 2023
ޕީޕީއެމާއި އެކު ކޯލިޝަން ހެދުމަކީ ފަސޭހަ ކަމައްނޫން: އިމްތިޔާޒް
ޕީޕީއެމާއި އެކު ކޯލިޝަން ހެދުމަކީ ދަ ޑިމޮކްރެޓްސްގެ ޢާންމު މެމްބަރުންނަށް އެންމެ ފަސޭހަ ކަމަކަށް ނުވެދާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕޭނުގެ ތަރުޖާމަނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
13 Aug 2023
ޕްރޮފެސަރު އުގެއިލްގެ ތާއީދު ގާސިމްގެ އިންޑިޔާ ސިޔާސަތަށް!
ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް އިންޑިއާ އާއި މެދު ގެންގުޅުއްވާނެ ކަމަށް ވިދާޅުވި ސިޔާސަތަށް، ޕްރޮފެސަރު ހަސަން އުގެއިލް ތާއީދު ކުރައްވައިފިއެވެ.