15 Oct 2023
އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން 11 މިސްކިތެއް ހަލާކުވެއްޖެ
ފަލަސްޠީންގެ ޣައްޒާއަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ 11 މިސްކިތެއް ހަލާކުވެފައިވާ ކަމަށް ފަލަސްޠީނުން މަޢުލޫމާތު ދެއްވި ވޮއިސްގެ މުރާސިލް ވިދާޅުވެއްޖެއެވެ.
15 Oct 2023
"ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރާނަން"
ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ނުފޫޒުން އެއްކިބާ ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
15 Oct 2023
ޣައްޒާގެ ދެކުނަށް ދަތުރުކުރަމުންދިޔަ މީހުންނަށް ހަމަލާދީ 70 މީހަކު ޝަހީދުކޮށްލައިފި
ފަލަސްޠީނުގެ ޣައްޒާގެ އުތުރުގައި ހުރި އަމިއްލަ ގެތައް ދޫކޮށް ރައްކާތެރިކަން ހޯދުމުގެ ގޮތުން ޣައްޒާގެ ދެކުނަށް ދަތުރުކުރަމުން ދިޔަ ޣައްޒާގެ ރައްޔިތުންގެ ތެރެއަށް ދިން ހަމަލާތަކުގައި 70 މީހަކު ޝަހީދުވެފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޚަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
15 Oct 2023
ޔަހޫދީންނަށް އަމާންކަން ލިބޭ ތަނަކަށް ރާއްޖެ ހަދައިގެން ނުވާނެ
ފަލަސްޠީނުގެ ބިން ފޭރިގަނެ، އެތަނުގެ ރައްޔިތުން ރަށުން ބޭރުކޮށް، އަޅުވެތިކޮށް އެމީހުންގެ ގެދޮރު ސުންނާފަތިކުރި ޒަޔަނިސްޓް ޔަހޫދީންނަށް އަމާންކަން ލިބޭ ތަނަކަށް ދިވެހި ގޮނޑުދޮށްތައް ހަދައިގެން ނުވާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
15 Oct 2023
"ކަރުނަ" މަދަހައިން ފަލަސްތީނުގެ ހާލު ކިޔައިދޭ ވާހަކަތަކެއް!
ފަލަސްތީނުގެ މައުސޫމު ރައްޔިތުންނަށް އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ އިޒްރާއިލްގެ ޔަހޫދީން ދެމުންދާ އަނިޔާތަކާއެކު، ފަލަސްތީނުގެ މުސްލިމުން އުޅެމުންދާ ހާލުގެ މައްޗަށް ޓްރިއޯ ބޭންޑުގެ ކުރީގެ ލީޑް ވޯކްލިސްޓު މޫސާ ޝިފާއު ޚާއްސަ މަދަހައެއް ތައްޔާރުކޮށްފި އެވެ.
15 Oct 2023
ހެޔޮފިހަރާއިން ކުރާ ވިޔަފާރީގެ 50 އިންސައްތަ ފަލަސްތީނަށް!
20 އޮކްޓޯބަރުވާ ހުކުރު ދުވަހު ހެޔޮފިހާރަ 1 އަދި 2 އިން ކުރާ ވިޔަފާރީގެ 50 އިންސައްތަ ފަލަސްތީނަށް ހަދިޔާކުރުމަށް ނިންމައިފި އެވެ.
15 Oct 2023
ދަނގެތީ ޔޫސުންބެ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި!
އެކަނި މަހަށް ނިކުމެ އުޅުނިކޮށް އިއްޔެ ގެއްލުނު އދ.ދަނގެތީ، ނޫލައިޓް، އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހިމް (ޔޫސުންބެ) ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޑައިވަރުން ފަށައިފިއެވެ.
15 Oct 2023
މެލޭޝިއާގެ އިމާރާތަކުން ވެއްޓުނު ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފި
މިމަހުގެ 10 ވަނަދުވަހު މެލޭޝިއާގެ ޢިމާރާތަކުން ވެއްޓި ނިޔާވި ދިވެހި ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފިއެވެ.