12 Oct 2023
ފަލަސްތީނަށް އެހީވުމަށް ދަނގެތީގައި ގިނަ ހަރަކާތްތަކެއް!
ޒަޔަނިސްޓު ޔަހޫދީން ފަލަސްތީނުގައި ހިނގަމުންދާ އުދުވާނު ތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވެ، ފަލަސްތީނާއި ގުޅޭ ގިނަ މަޢުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، އދ ދަނގެތީގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.
12 Oct 2023
"ކެބިނެޓް އެކުލަވާލުމަަށް ލިސްޓެއް ޔާމީން ފޮނުއްވި ކަމެއް ނޭނގެ"
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓް އެކަލަވައިލުކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށާ، އެކަމާއި ގުޅިގެން، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ލިސްޓެއް އެމަނިކުފާނަށް ފޮނުއްވާފައިވާކަން އެނގިފައި ނުވާ ކަމަށް، ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.
12 Oct 2023
އައިއޭސީ އިން ޣައްޒާގައި އެހީގެ ތަކެތި ބަހައިފި
ފަލަސްޠީނުގެ ޣައްޒާގައި ގެދޮރު ގެއްލި އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން އިއްޔެ އެހީގެ ތަކެތި ބަހައިފިއެވެ.
12 Oct 2023
އުރީދޫ އާއި ދިވެހިން ފަލަސްތީނާއި އެއްކޮޅަށް ނުކުމެއްޖެ!
ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުގެ ޒަޔަނިސްޓް ހަރުކަށި ޔަހޫދީން ދެމުން ގެންދާ ހަމަލާތަކާއި ދެކޮޅަށް، ފަލަސްތީންގެ މިނިވަން ކަމަށް ތާއީދު ކުރާކަން ހާމަކުރުމުގެ ގޮތުން އުރީދޫގެ މައި އިމާރާތް ފަލަސްތީނުގެ ދިދައިން ދިއްލާލައިފިއެވެ.
12 Oct 2023
މުޅި ޣައްޒާވަނީ ކަންބޮޑުވުމާއި ކަރުނަޔާއި ލެއިން ފުރިފައި
ފަލަސްޠީނުގެ ޣައްޒާއަށް އިޒްރާއިލްގެ ޔަހޫދީން ދެމުންއަންނަ ހަމަލާތަކުގައި ސަބަބުން މުޅި ޣައްޒާވަނީ ކަންބޮޑުވުމާއި ކަރުނަޔާއި ލެއިން ފުރުފައިކަމަށް މަންޒަރު ދެކެމުންދާ ނޫސްވެރިން ބުނެފިއެވެ.
12 Oct 2023
ޕާސްޕޯޓް ގެއްލުމުން ޖޫރިމަނާ 2000ރ ބޮޑު ނުކުރާގޮތް ހަދައިފި
ޕާސްޕޯޓް ގެއްލުމުން އަލުން ޕާސްޕޯޓް ހެއްދުމަށް ނަގާ ޖޫރިމަނާ 2،000ރ. އަށް ވުރެ ބޮޑު ނުވާ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ.
11 Oct 2023
"އެއްވެސް މަޝްރޫއެއް ހުއްޓާލަން އަންގާފައެއް ނުވާނެ"
ރަށެއްގައި ހިންގާ އެއްވެސް މަޝްރޫއެއް ހުއްޓާލުމަށްވެސް އަދި މަޑު ޖައްސާލުމަށްވެސް އަންގަވާފައި ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
11 Oct 2023
ފަލަސްޠީނުގެ ހަނގުރާމަވެރިންނާ ގުޅުވައި ހަދަމުންދާ ދޮގުތައް!
މި ހިނގަމުންދާ އޮކްޓޯބަރ މަހުގެ 7 ވަނަ އަށްވީ ހޮނިހިރު ދުވަހުގެ އޮރު އަރައިގެން ދިޔައީ އެންމެހާ މުސްލިމުންނަށްވެސް އުފާވެރިކަން ގެނެސް ދިން، އަދި ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން ދިރިއުޅެމުންދާ ޔަހޫދީން ސިއްސުވައިލި ޚަބަރަކާއި އެކުގައެވެ.