ހަބަރު
11 Oct 2023
2025 ގެ ނިޔަލަށް ތިލަމާލެ ބްރިޖަށް 3 ބިލިއަން ޚަރަދުކުރަނީ
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އިއުލާނުކުރި އެންމެ ބޮޑު މަޝްރޫއުކަމަށްވާ ތިލަމާލެ ކަނެކްޓިވިޓީ މަޝްރޫއުއަށް 2025 ގެ ނިޔަލަށް ތިން ބިލިއަން ރުފިޔާއަށްވުރެ ގިނައިން ޚަރަދުވާނެކަމަށް ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ.
11 Oct 2023
އިޒްރާއިލްގެ ރޭގެ ހަމަލާތައް އިހުނައްވުރެ ބާރުގަދަ
ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރާ ހަނގުރާމަވެރިން މިމަހުގެ ހަތެއް ވީ ހޮނިހިރު ދުވަހު އިޒްރާއިލްގެ ޔަހޫދީންނަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ފެށައިގެން އުޅޭ ފަލަސްޠީން އިޒްރާއިލް ހަނގުރާމައިގައި އިޒްރާއިލުން ރޭ ޣައްޒާއަށް އިޒްރާއިލްގެ ޔަހޫދީން ދިން ހަމަލާތައް ކުރީގެ ހަމަލާތަކަށް ވުރެ ވަރުގަދަ ކަމަށް ޣައްޒާއިން "ވޮއިސް" އަށް މަޢުލޫމާތު ދެއްވި މުރާސިލް ވިދާޅުވެއްޖެއެވެ.
11 Oct 2023
އިންތިގާލީ މަރުހަލާގައި ސަފީރުން ނަގާތީ އާޒިމްގެ ކަންބޮޑުވުން!
ވެރިކަން ބަދަލުވާ މަރުހަލާގައި މަގާމް ތަކަށް އިތުރު މީހުން ނެގުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން އަމުރެއް ނެރެދޭންޖެހޭ ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
11 Oct 2023
ޕާކިސްތާނުގެ ސަފީރަކަށް ނަޖީހާ ހަމަޖައްސަން މަޖިލީހަށް!
ރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅާ އާ ސަފީރަކަށް ޚަދީޖާ ނަޖީހާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން ހުށަހަޅައިފި އެވެ.
10 Oct 2023
މުޢިއްޒު ހުވާކުރުމުގެ އިންތިޒާމުތަކާއި ގުޅޭ މަޝްވަރާތައް ފަށައިފި
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ނައިބު ހުސެއިން މުހައްމަދު ލަތީފު މަގާމުގެ ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމުތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހާއި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭފުޅުންނާ މަޝްވަރާކުރައްވައިފި އެވެ.
10 Oct 2023
އޮމާންއިން އޮން-އެރައިވަލް ވިސާ ލިބޭނީ ޝަރުތުތަކާއި އެކު!
އޮމާންއަށް ދާ ދިވެހީންނަށް އޮންއެރައިވަލް ވިސާ ލިބޭނީ ޝަރުތުތަކާއި އެކުގައި ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.
10 Oct 2023
"ނަފްސާނީ ފަރުވާލިބުމަކީ ދުޅަހެޔޮ މުޖުތަމައެއްގެ ނާރެސް"
ލާމަރުކަޒީ އުސޫލުން އަތްފޯރާފަށުގައި ނަފްސާނީ ޞިއްޙަތުގެ ފަރުވާއާއި، އެހީތެރިކަން ލިބުމަކީ ދުޅަހެޔޮ، އުފެއްދުންތެރި، މުޖުތަމަޢެއްގެ ނާރެސް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
10 Oct 2023
ފަލަސްޠީނުގެ ހައްޤުގައި އިސްލާމީ އުންމަތް އެކަތި ގަނޑަކަށްވާންޖެހޭ!
ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުގައި އިސްލާމީ އުންމަތް މިއަދު އެކަތި ގަނޑަކަށްވާންޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރް ދީނީ ޢިލްމުވެރިޔާ ޑރ ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.