ހަބަރު
15 Aug 2023
"ވެރިކަން ކޮށްދޭނީ ވަކި ޕާޓީއަކަށް ނޫން، އެންމެނަށް ހަމަހަމައަށް"
ވެރިކަން ކޮށްދެއްވާނީ ވަކި ސިޔާސީ ޕާޓީއަކަށް ނޫން ކަމަށާއި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
15 Aug 2023
"ކެލާ ފަޅުގައި ރިސޯޓެއް އަޅާ، ލޯކަލް ޓުއަރިޒަމް ފުޅާކުރާނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ހއ ކެލާގެ ފަޅުތެރޭގައި ރިސޯޓެއް ހަދާ، އެ ރަށަކީ ލޯކަލް ޓުއަރިޒަމް ފުޅާކުރާނެ ރަށެއްކަމުގައި ހައްދަވާނެކަމަށް، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
15 Aug 2023
"ރައީސް، ކޮންމެ ރަށަކަށް ވެސް ދެތިން ފަހަރު ވަޑައިގެންފައިވޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދެތިން ފަހަރު ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ކެންޕެއިން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިތުރުފުޅު ހައްދަވައިފިއެވެ.
15 Aug 2023
މުއިއްޒާއި ދެކޮޅަށް މުޒާހަރާކުރި މީހުންގެ ގާތަށް ގޮސް ސަލާންކޮށްފި
ކެލާގައި މުޒާހަރާކުރަމުން ދިޔަ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ޑރ މުއިއްޒު އެ މީހުންނާއި ވެސް ސަލާމްކުރައްވައިފި އެވެ.
15 Aug 2023
މާފުށިން ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމުކޮށްފި!
ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާއިފިއެވެ.
15 Aug 2023
"މި ނުކުތީ ޑޮލަރުގެ އަގު ދަށްކޮށް އިގްތިޞާދު ކޮޅަށް ޖަހަން"
ނުކުމެ ތިއްބެވީ ދިވެހިރާއްޖޭގައި ޑޮލަރުގެ އަގު ދަށްކޮށް، އިގްތިޞާދު ނަގައި ކޮޅަށް ޖައްސަވާން ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
15 Aug 2023
9 މަޝްރޫޢުއަށް 5.95 މިލިއަން ރުފިޔާގެ އެހީ އިންޑިޔާއިން ދީފި
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ 9 މަޝްރޫއުއަކަށް 5.95 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާ އިން ދީފިއެވެ.
15 Aug 2023
އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ!
ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ މިދިޔަ ޑިސެމްބަރު މަހުގެ 25ގައި އިއްވި ހުކުމުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.