24 Sep 2023
މުޢިއްޒުގެ ވެރިކަމެއްގައި ރާއްޖެ ދެކޭނީ ޢަދުލުވެރި ދުވަސްތަކެއް!
ޕީއެންސީ/ޕީޕއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަމެއްގައި ރާއްޖެ ދެކޭނީ ޢަދުލުވެރި ދުވަސްތަކެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
23 Sep 2023
ވެންޓިލޭޓަރު ކޮރަޕްޝަންގެ އަމީނު ރައީސް ޞާލިހަށް ތާއީދުކޮށްފި
ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދިމާވެދާނެ އެންމެ ނުރައްކާތެރި ޙާލަތުގައި ރައްޔިތުންނަށް ފަރުވާދިނުމަށް ވެންޓިލޭޓަރުތަކެއް ގަތުމުގެ ހިންގި ކޮރަޕްޝަންގެ ތުހުމަތު އޮތް އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދުކޮށްފި އެވެ.
23 Sep 2023
ޖިހާދާއެކު ޖޭޕީ ކައުންސިލްގެ ގިނަ ބަޔަކު ޑރ މުއިއްޒު ފަހަތަށް
ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އަބްދުﷲ ޖިހާދާއި އެކު ޖޭޕީ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ފަހަތްޕުޅަށް އަރާވަޑައިގެންފި އެވެ.
23 Sep 2023
ސާލިހްގެ ސަރުކާރު ބަދަލުވުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަލުން އަނބުރާ ހޯދުމުގެ މަސައްކަތް ފަށައިގަންނާނަން- މުނައްވަރު
އިޓްލޮސްއަށް ގޮސްގެން ދިވެހިރާއްޖޭގެ ސަރަހައްދުގެ ދެކުނުން ކަނޑުގެ ސަރަހައްދުގެ ބައެއް މޮރިޝަސްއަށް ދޫކޮށްލުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން އެއްބަސްވި އެއްބަސްވުން ބަދަލުކޮށް މޮރިޝަސްއަށް ދޫކޮށްލާފައިވާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަލުން އަނބުރާ ހޯދުމުގެ މަސައްކަތް ރައީސް ސާލިހްގެ ސަރުކާރު ބަދަލުވުމާއެކު ފުރަތަމަ ދުވަހުން ފެށިގެން ފަށައިގަންނާނެކަމުގައި ކުރީގެ ބަންޑާރަ ނާއިބް ޑޮކްޓަރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
23 Sep 2023
ރާއްޖެ އެތެރެ ކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާ ތަކެތި އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.
23 Sep 2023
ކަޝްމީރުގެ މިނިވަން ކަމަށް ގޮވި ލީޑަރު ޖަލުން މިނިވަން ކޮށްފި
ކަޝްމީރުގެ މިނިވަން ކަމަށް ގޮވާލާ ލީޑަރު މިރްވައިޒް ޢުމަރް ފާރޫޤް ހަތަރު އަހަރު ޖަލުގައި ބަންދުކޮށް ބެހެއްޓުމަށްފަހު އޭނާ ޖަލުން މިނިވަން ކޮށްފިއެވެ.
23 Sep 2023
ބާތިލް ވޯޓު މަދުކުރުމަށް ގިނަ ފިޔަވަޅުތަކެއް މިދަނީ އަޅަމުން
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ ވޯޓު ބާތިލުވުމަސް މެދުވެރި ސަބަބުތައް ބަލައި، ދެ ވަނަ ބުރުގައި އެކަން މަދުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެއްފިއެވެ.
23 Sep 2023
ރީ ރެޖިސްޓްރޭޝަނަށް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ހުށަހެޅި
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރުސަތުގައި ރީ ރެޖިސްޓަރ ކުރުމަށް ހުށަހެޅި ފޯމުތަކާއެކު ސާާފު ނޫން ފޮޓާތަކާއި މުއްދަތު ހަމަވެފައި ހުރި އައިޑީ ކާޑުވެސް ހުށަހަޅާފައި ހުރި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.