13 Jul 2023
ހުކުރު ދުވަހު ރަސްމީކޮށް ޢުމަރު ނަސީރުގެ ކެމްޕެއިން ފަށަނީ
ޢުމަރު ނަސީރުގެ ކެމްޕެއިން ހުކުރު ދުވަހު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާކަމަށް ޢުމަރު އިޢުލާނު ކުރައްވައިފިއެވެ.
13 Jul 2023
ފުއްގިރި ޚިޔާނާތް ހިންގިކަމެއް ކުރީގެ ވެރިންނަކަށް ނޭނގޭނެ: އިބްރާހިމް ރަޝީދު
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ޓުއަރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޚިޔާނާތް ހިންގިކަމެއް އޭރުވެ ވެރިންނަށް އެނގިނުލައްވާނެ ކަމަށް އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހެކިބަސް ދެއްވަމުން މަޖިލީހުގެ މާދަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
13 Jul 2023
މިއަދު މާލެ އާއި ހުޅުމާލޭގެ ބައެއެ ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
މިއަދު ހުޅުމާލެ އާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓްލްކޯއިން ބުނެފިއެވެ.
13 Jul 2023
ޖަޕާނުން ހަދިޔާކުރި އެމްބިއުލާންސްތައް ހަވާލުކޮށްފި
ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި 8 އެމްބިއުލާންސް، ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
13 Jul 2023
ޅ އަތޮޅުން 100 މީހަކު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިއްޖެ
ޅ އަތޮޅުން 100 މީހަކު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިއްޖެއެވެ.
13 Jul 2023
ކެމްޕޭނަށް ޖޭޕީ ޓީމު ހިންމަފުއްޓާއި ހުރައަށް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ކެމްޕޭނަށް ކ ހިންމަފުއްޓަށާއި ހުރައަށް ދަތުރެއް ކޮށްފިއެވެ.
13 Jul 2023
"ޔާމީންގެ ޝަރީއަތް ހިނގަނީ އިންސާފުވެރިކަމާއެކުއެއް ނޫން"
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ޝަރީއަތް ހިންގަނީ އިންސާފުވެރިކަމާއިއެކު ކަމަށް، އަދުލުވެރިކަމާ އިންސާފުވެެރިކަމާއެކު ޝަރީއަތްކުރެވުމުގެ ހައްގު އެންމެންނަށްވެސް ލިބިދޭންވާނެކަމަށް ގަބޫލުކުރާ އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
13 Jul 2023
"ބޭރަށް ވަޑައިގަތުމަށް އެދުމުން ވިދާޅުވީ ވަތް ދޮރުން ނުކުންނަވާށޭ"
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު ޖަލަށް ލެވުމުން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އެދިލެއްވި ކަމަށާ، އެހެން ނަމަވެސް އެކަމަށް އެމަނިކުފާނު އިންކާރު ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.