21 Sep 2023
"ތިލަމާލެ ބްރިޖު އަޅާ ނިންމާނީ އަޅުގަނޑުމެން"
ތިލަމާލެ ބްރިޖު އަޅާ ނިންމާ، އެ ބްރިޖުގެ ޚިދުމަތް ރައްޔިތުންނަށް ދޭން ފަށާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
21 Sep 2023
"މި ސަރުކާރުން ޚާރިޖީ އަޅުވެތިކަމެއްގެ ތެރެއަށް ޤައުމު ދުއްވާލައިފި"
މި ސަރުކާރުން ވަނީ ޚާރިޖީ އަޅުވެތިކަމެއްގެ ތެރެއަށް ޤައުމު ދުއްވާލާފައި ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
21 Sep 2023
"ގާއުނގޫދޫއަކީ ހުޅުދުއްފާރުގެ ރައްޔިތުންނަށް ނަފާލިބޭ ރަށަކަށް ހަދާނަން"
ރ ހުޅުދުއްފާރުގެ އިހުތިޞާސްގެ ތެރޭގައި ހިމެނޭ ގާނއުޑޫދޫއަކީ ހުޅުދުއްފާރުގެ ރައްޔިތުންގެ ނަފާލިބޭނެ ރަށެއްގެ ގޮތުގައި ހައްދަވާދެއްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑޮޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
21 Sep 2023
"ވެރިކަމަކީ ބޮޑު އިއްޒަތެއް ކަމަކަށް ނުދެކެން، ދެކެނީ އެއީ އަމާނާތެއް ގޮތަށް"
ވެރިކަމަކީ ލިބޭ ބޮޑު އިއްޒަތެއްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި، ބަދަލުގައި ދެކިވަޑައިގަންނަވަނީ އެއީ ރައްޔިތުން ހަވާލުކުރާ އަމާނާތެއްގެ ގޮތުގައި ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
20 Sep 2023
އެންޓި ކެމްޕެއިން ކުރާކަން ފާހަގަވެ އެޗްއާރުސީއެމްގެ ބަޔާނެއް
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެންޓި ކެމްޕެއިން ކުރުމުގެ ގޮތުން އެކި ކަންކަން ކުރަމުންދާކަން ފާހަގަކުރެވި އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަޔާނެއް ނެރެފިއެވެ.
20 Sep 2023
"ސިއްޙީ ނިޒާމަށް އޮތީ ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއް ނެތި އިހުމާލުވެފައި"
މި ސަރުކާރުން ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއް ނެތި ރާއްޖޭގެ ސިއްޙީ ނިޒާމަށް އިހުމާލުވެފައިވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
20 Sep 2023
އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ މަންދޫބެއްގެ ގޮތުގައިވެސް ހުންނެވީ އަލީ ވަހީދު އެ ޕާޓީން ވަކިވެއްޖެއެވެ.
20 Sep 2023
ރައީސް ޔާމިނުގެ އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ބާއްވަނީ
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އާރަށު މުއާމަލާތާއި ގުޅުވާ އިއްވާފައިވާ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ.